ރިޕޯޓް

ތިނެއް ނޮވެމްބަރު 1988- އަތޮޅުތަކުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހަކީ ފަހުގެ ތާރީހެއްގަައި ރާއްޖެ ދުއް އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ދުވަހެވެ. އަރައިގެން އައި އިރާ އެކު އިވެންފެށި ބަޑީގެ އަޑަކީ ހަމަ އެއްވެސް ދިވެއްސެއް އުއްމީދު ވެސް ކުރި ކަމެއްގެ ނިޝާނެއް ނޫނެވެ. އެންމެން ވެސް ހީކުރެވުނީ އަންނަން އޮތް ޖުމްހޫރީ ދުވަހަށް ސިފައިން ތައްޔާރުވަމުން ދަނީ ކަމަށެވެ.

Ads by Hajj Corporation

މަގު މައްޗަށް ނުކުމެ އާދައިގެ މަތިން ދުވަހުގެ މަސައްކަތުގައި އެންމެން ވެސް ޝާމިލްވާން އުޅުނީ އިވެމުން ދިޔަ ބަޑީގެ އަޑުތަކަކީ ހަގީގަތުގައި ވެސް ނުރައްކާތެރިކަމެއް ކަމަށް އިހުސާސްވެފައި ނުވާތީއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދިވެހިންނަކީ ބަޑީގެ ނުރައްކާތެރި އަޑަށް ހޭނިފައި ނުވާ މިނިވަން ބައެކެވެ. މިނިވަން ކަންމަތީ ހޭލަމޭލައަށް ދުވަމުން ދިޔަ ބަޑި ޖެހުމާއި މީހުން މެރުމާ ބީރައްޓެހި ބައެކެވެ.

1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހިންގެ ބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)ގެ ހަތިޔާރުއެޅި ބަޔަކު މާލެ ގެނެސްގެން ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ޓަކައި ހިންގި ޢުދުވާނީ ހަމަލާއެކެވެ. މި ޙަމަލާ ރާވައި ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ.

ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމަށް ޓަކައި ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 42 މީހުނާ އެކު ސްރީލަންކާގެ މުއްލިކުލަމުން ފުރީ 29 އޮކްޓޯބަރު 1988 ދުވަހުގެ ރޭ 8.30 ގައެވެ. ދަތުރުމަތީގައި ކަނޑުމަތިން އިތުރު މަސް ބޯޓެއް ފޭރިގަތެވެ. މާލެ ދަތުރު ކުރަމުން އައީ ދެ ބޯޓުގައެވެ.

އެދުވަހުގެ ހަނދާންތައް މިއަދު އަޅުގަނޑުމެން އާ ކުރަމުންދާއިރު އޭރު ރާއްޖޭގެ މުއާސަލާތުގެ ހިދުމަތް ހުރި ގޮތުން ވެރިރަށް މާލޭގައި ހާދިސާއެއް ހިނގައިގެން އުޅޭކަން ވެސް އަތޮޅުތެރޭގެ ރައްޔިތުންނަށް އެނގުނީ ރޭޑިޔޯއިން ފޮނުވަމުން ދިޔަ ހަބަރުތައް ލިބޭ ވަރަކުންނެވެ. އެހެންކަމުން އެ ދުވަހު އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިން އާއިލާގެ މީހުންނާއި ލޯބިވާ މީހުން މާލޭގައި ތިބި މީހުންގެ ހާލަތު އަޅުގަނޑުމެންނަށް މިއަދު ހިތަށް ވެސް ނުގެނެވެއެވެ.

"މާލޭގައި ކަމެއް ހިނގައިގެން އުޅޭކަމަށް ޝައްކުވީ ރޭޑިޔޯއިން އެއްވެސް އަޑެއް ނީވުމުން"

"މާލެއަށް ބާޣީން އަރައި ބަޑި ޖަހާ ވާހަކަ ރަށުތެރޭގައި ކިޔަން ފެށިއިރު ބޮޑު ފިރިހެން ދަރިފުޅަށް ފަހެއް ނޫނީ ހަމަސް ވާނީ ފިރިމީހާ ވީ މާލޭގައި. ނޭނގޭ ވީގޮތެއް ވެސް" އެދުވަހު ފިރިމީހާ މާލޭގައި ހުރުމުން ކުރެވުނު އިހްސާސް "ދެން"އާ ހިއްސާ ކުރަމުން މެދުރާއްޖެތެރޭގެ ރަށެއްގެ މީހަކު ބުންޏެވެ.

އަތޮޅުތެރޭގެ ރައްޔިތުންނަށް މާލޭގެ ހާލަތު ރަނގަޅު ނޫންކަން ފުރަތަމަ ރޭކާލީ ވެސް ރޭޑިޔޯއިން އެއްވެސް ހަބަރެއް ނުލިބުމުންނެވެ. ހެނދުނު ފަތިހާ އަންނަ ޚަބަރުތައް ނުލިބި ރޭޑިޔޯއިން އަޑެއް ނުލިބުމުން މާލޭގައި ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް އަތޮޅުތެރޭގެ ރައްޔިތުންނަށް ޝައްކުވިއެވެ.

"އެދުވަހު ހެނދުނު ވީއިރު ވެސް ރޭޑިޔޯއިން އެއްވެސް އެއްޗެއް ނުކިޔާ. އާދައިގެ މަތިން އަންނާނެ ލަވަތަކާ އެއްޗެހި. އެކަމަކު އެ ދުވަހު ދެން އެއްވެސް އަޑެއް ނީވުނު. އެހެންވެ ޝައްކުވީ" އެދުވަހުގެ ހަނދާން އައު ކުރަމުން އޭނާ ބުންޏެވެ.

"ރަށްރަށަށް އެންގީ ވޯކީޓޯކީއިން، ކާބޯތަކެތި ކޮންޓްރޯލް ކުރަން އެނގި"

އެދުވަހު އާދައިގެ މަތިން ހަމަ ސަރުކާރުގެ އޮފީސްތައް ހުޅުވައި ރަށްރަށުގެ ކަންކަން ކުރިއަށް ދިޔައީ އާދައިގެ މަތިން ކަމަށް "ދެން"އަށް މައުލޫމާތު ދެއްވަމުން އޭރުގެ ކަތީބުކަން ކުރެއްވި ބޭފުޅެއް ކަމުގައިވާ އދ. އޮމަދޫ ރޯޝަނީގެ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

"އެދުވަހު ހެނދުނު 8 ޖަހާކަށް ހާއިރު ވޯކީޓޯކ އިން މާލެއިން ގުޅީ. ގުޅާފަ ވިދާޅުވީ މާލޭގައި މިފަދަ ކަމެއް ވެގެންނޭ މިއުޅެނީ. ކާބޯތަކެތި ވެސް ކޮންޓްރޯލް ކުރާށޭ. އަޅުގަނޑު އެކަނި އިނީ އޮފީހުގައި އޭރު. ދެން އޭރު މާ ގިނަ މުއައްޒަފުންނެއް ވެސް ނުތިބޭނެ" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެއިން ލިބުނު ހަބަރާ އެކު ވީއެންމެ އަވަހަކަށް އެ ވާހަކަ ރަށުގެ ބޮޑު ކަތީބަށް އަންގަވައި، ރައްޔިތުންނަށް ހަބަރު ދޭން ރައްޔިތުން އެއްކުރިކަމަށެވެ.

"މާލޭއިން އެނގީ ކާބޯތަކެތި ކޮންޓްރޯލް ކުރުމަށް. އަޅުގަނޑުމެން އަވަހަށް ރައްޔިތުން އެއްކޮށް ހަބަރު ދިނިން. އެންމެން މިސްކިތަށް ދާން އެނގީ ނަމާދުކޮށް ދުޢާ ކުރަން. ދެން ކާބޯތަކެތި ވެސް ވީ ވަރަކުން މަދުން ބޭނުން ކުރަން އެނގިން" އެދުވަހު އަތޮޅު ތެރޭގެ ކަންކަން ހުރި ގޮތް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އެ ދުވަހު އަތޮޅުތެރޭގެ ހާލަތު ހުރިގޮތަށް ބަލާލާއިރު ލިބެމުންދާވަރަކުން ރައްޔިތުންގެ ހާސްކަން ބޮޑުވެ ބައެއް މީހުން ހޭވެސް ނެތުނެވެ. ނުކައި ނުބޮއި އަތޮޅުތެރޭގެ ރައްޔިތުން ވެސް ތިބީ ދުއާކުރުން މަތީގައެވެ. އެ ރައްޔިތުންގެ ލޮލުން އޮހޮރުނު ކަރުނަ ފޮހެލީ ވެސް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ރާއްޖެއަށް ނަސްރު ލިބުނުކަން އިއުލާނު ކުރުމުންނެވެ.

Ads by HDC
  1. ޢަރުސަމް

    ޥަރަށްް އުފާވޭޭ ކުޅުދުއްފުށިި ދަރިއަކަށްް ވީތީ