ޚަބަރު

ދޭސީ އަދި ބިދޭސީ ޓީޗަރުންގެ މެދުގައި ތަފާތުކުރުން ނައްތައިލާ: އަލީ ހުސައިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓީޗަރުންނާއި ޕްރިންސިޕަލުން ނުލިބުމުގެ މައްސަލައަށް ހައްލު ލިބޭނީ ބިދޭސީ ޓީޗަރުންނާއި އެއްގޮތަށް ދިވެހި ޓީޗަރުންނަށް ވެސް ފުޑް އެލަވެންސާއި ހައުސިން އެލަވެންސް ދީ ތަފާތުކުރުންތައް ނައްތައިލުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޓީޗަރުންނާއި ޕްރިންސިޕަލުން ނުލިބުމުގެ މައްސަލައަށް އިޝާރާތް ކުރައްވައި މެމްބަރު އަލީ ހުސައިން ވިދާޅުވީ ތަފާތުކުރުންތައް ނައްތައިލައި ގާނޫނު އަސާސީއަށް އަމަލު ކުރައްވަން ޖެހޭ ކަމަށެވެ.

ޓީޗަރުންގެ މުސާރައިގެ މައްސަލައަކީ ކޮންމެ ސަރުކާރަކުން ވެސް ހައްލުކޮށް ދޭނެކަމަށް ވައުދުވާ މައްސަލަ އެކެވެ. އެހެން ނަމަވެސް އަދިވެސް ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީ ބައެއް މުދައްރިސުން ދަނީ ދާއިރާއާ ދުރަށް ދަމުންނެވެ.

އަންނަ 2022ވަނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ދައުލަތުގެ ބަޖެޓު، މުދައްރިސުންގެ ހައްގުގައި ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ އެދިވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!