ޚަބަރު އިޖުތިމާޢީ

ގޮއިދޫން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ށ.ގޮއިދޫ/ ފޮޓޯ ފޭސްބުކް

ށ. ގޮއިދޫއިންް ގިނަބަޔަކު ކޮވިޑް-19އަށް ފައްސިވެ، ރަށް މޮނިޓަރިންއަށް ލައިފިއެވެ.

Ads by STELCO

ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން ޖުމްލަ 19 މީހުން މިިހައިތަނަށް ކޮވިޑަށް ފައްސިވެފައިވާކަމަށެވެ.

"ރަށް މޮނިޓަރިންއަށް ލައިފައި މިވަނީ ރޭގައި. މިހާރު ޖުމްލަ 19 މީހުންނަށް ބަލިޖެހިފައި ތިބި ކަމަށް އެންމެ ފަހުގެ ރިކޯޑްތަކުން ދައްކަނީ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގޮއިދޫއިން މިއަދު އަނެއްކާ އިތުރު 41 ސުންކު ނަގާފައިވާ ކަމަށާއި، ޖުމްލަ 38 ގެ މި ވަގުތު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

"މިހާރު ޖުމްލަ 38 ގެ މިވަނީ ކަރަންޓީނު ކުރެވިފައި. ދެން އަދި އިތުރު ގެތައް މިއަދު އަދި ކަަރަންޓީނަށް ލާނެކަމަށް މިބަލަނީ." އޭނާ ވިދާޅުވިއެވެ.

ގޮއިދޫގެ މިހާރުގެ އާއްމު ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރަށުގެ އާއްމު ހާލަތު ރަނގަޅުކަމަށާއި ރަށުގައި އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރަމުން ދާކަމަށެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު ރެޔާ ހަމައަށް ޖުމްލަ 23 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!