ޚަބަރު އިޖުތިމާޢީ

2022 ވަނަ އަހަރުގެ މެއި،ޖޫން އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ 2022 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2021 ނޮވެންބަރ 01އިން 30ވަނަ ދުވަހުގެ ނިޔަލަށް އެޑިޕާޓްމަންޓުން ކުރިއަށް ގެންދާނެކަމަށެވެ.

"އެޕްލިކޭޝަން ފޯމާއި ފީޝީޓް މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ/ މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ފުރާ ނަމަ މެއިލް ކުރާނީ [email protected] އަށެވެ. ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ." ޑީޕީއީން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ޑީޕީއީއިން ވިދާޅުވީ ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830އިން 1330އަށް ކަމަށާއި ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ބޭނުންވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!