ޖާބިރުމަތިވެރިއަށް ގޮސް މީހަކު ރަހީނުކުރުމުން، މުޅި ރަށް ބިރުވެރިކަމެއްގެ ތެރެއަށް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރީގައި ހަދައިފައި ހުންނަ ގެސްޓު ހައުސްގައި މީހަކު ރަހީނުކޮށް އަނިޔާ ކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ އެރަށަށް ޖާބިރު ވަޑައިގެން އުޅުއްވާތާ ދެ ދުވަސްވަރު ވެއްޖެކަމަށާއި ޖާބިރު އެރަށަށް ދިޔައީ ގުރޫޕެއް ވެސް ގޮވައިގެން ކަމަށެވެ.
"ދެދުވަހެއް ވަރު ވެއްޖެ ޖާބިރު މިރަށުގައި އުޅޭތާ. ގުރޫޕެއް ވެސް ގޮވައިގެން އައިސް އުޅެނީ. މިއަދު އޭނާގެ ގެސްޓު ހައުސްގައި މީހަކު ރަހީނުކޮށް އަނިޔާދީ އޭނާގެ ފޯނު ވެސް ވަނީ ހަލާކު ކޮށްލައިފައި. އަނިޔާ ކުރީ ކާކު ކަމެއް ސީދާ ބުނެދޭކަށް ނޭނގޭ އޭނައަކަށް. އެކަމަކު ބުނި ބޯ ދިގު ކޮށްފައި ހުރި މީހެއްގެ ވާހަކަ. އޭނަ އެ ގެސްޓު ހައުސްގައި 3:35އިން 4:20 ވަންދެން ރަހީނު ކޮށްފައި ހުރީ. ޖާބިރު ގުޅައިފައި ދެން ދޫކޮށްލާށޭ ބުނީމަ ދޫކޮށްލީ ކަމަށް އޭނާ ބުނި" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިއަދު ޖާބިރުގެ ގެސްޓު ހައުސްގައި ރަހީނުކޮށް އަނިޔާ ކުރި މީހާގެ ނޭފަތް މަތީ ޖެހުމުގެ ސަބަބުން ނޭފަތުން ވަނީ ލޭ އައިސްފައެވެ. އަދި ލޯމަތި ވެސް ވަނީ ދުޅަވެފައެވެ.
"ޖާބިރުގެ އުނދަގޫ ރައްޔިތުންނަށް މިހާރު ވަރަށް ބޮޑު. ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި މިހާރު. މަގުމަތީގައާއި ހޮޓާތަކާއި ގޭގެއަށް ވެސް ވަދެ ހަޑިއެއްޗެހި ކިޔުމާއި މީހުންނަށް ޖެއްސުން ކުރުމުގައި. މިއަދު 2 ޖެހި އިރުވެސް ފުލުހުންނަށް ގުޅައިގެން ޝަކުވާ ވެސް ކުރިން މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިވޭ. ދެން އޭގެ ފަހުން މިކަން މިޖެހުނީ" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖާބިރުގެ އަމަލުތައް ހުންނަ ގޮތުން މަތިވެރި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ކިހާބޮޑު ނޮހޮރޮއްޕާނެއް ޖާބިރޫ…….. އިޒައްތެރި
ރަނގަޅަށް އެދަނީ މަތިވެރި ރައްޔިތުން ޖާބިފަށް ކުރިއަނިޔާގެ ބަދަލު ހިފަންޖެހޭނެ