ޚަބަރު

ސިވިލްސާވެންޓުންނަށް ސިޔާސީ ކަންކަމުގައި އުޅެވެން ވާނެ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް ނާޅާ، ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ދޭނަމަ ސިވިސްސާވިސް މުވައްޒިފުންނަށް ވެސް ސިޔާސީ ކަންކަމުގައި އުޅެވެންވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޙްލޫފް މިހެން ވިދާޅުވެފައި ވަނީ، ސިވިސް ސާވެންޓުން، ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.

މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫތު މިނިސްޓްރީގައި ވެސް ސިޔާސީ ތަފާތު ފިކުރުގެ ބޭފުޅުން އުޅުއްވާ ކަމަށާއި ނަމަވެސް މަސައްކަތުގެ ސްޕީޑް ރަނގަޅު ކަމަށެވެ.

"ސަރުކާރުގެ މަސައްކަތަށް ހުރަސް ނާޅައި އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭ ނަމަ،ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާ އެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެކަމަށް ދެކެން. ޔޫތު މިނިސްޓްރީގައި ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އުޅުއްވާއިރު މަސައްކަތުގެ ސްޕީޑު ހުރީ ރަނގަޅަށް." މަޙްލޫފް ވިދާޅުވިއެވެ.

ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނައި އިސްލާޙާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޤަވާއިދަށް ގެނައި އިސްލާޙާ އެކު ނުރަސްމީ އަދި ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ އެހެން ނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެ.

  1. ދިވެހި ރައްޔިތުން

    ނުރަސްމީ އަދި ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ އެހެން ނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެެ

    ކޮބާ ތިގެ މައްސަލައެއް. ތި ތިއޮތީ ހަމަ ހެޔޮކޮށް.