ޚަބަރު

ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ހިތާމައެއް: ޝެއިހް އަލީ ޒާހިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ﷲއާއި އެކަލާނގެ ރަސޫލާ ﷺއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައި އޮތުމަކީ ހިތާމައެއް ކަމަށް ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ޝެއިހް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ މިއަދާ ހަމައަށް އިސްލާމްދީން މަތީ އޮތުމުގައި ﷲގެ ރަޙުމަތަށް ފަހު ދިވެހި ރައްޔިތުންގެ ހިތްވަރާއި އިޚްލާސްތެރި މަސައްކަތް ފާހަގަ ކުރެވޭކަމަށެވެ.

"ރާއްޖެ މިއަދާ ހަމައަށް އިސްލާމްދީން މަތީ އޮތުމުގައި ﷲގެ ރަޙުމަތަށް ފަހު ދިވެހި ރައްޔިތުންގެ ހިތްވަރާއި އިޚްލާސްތެރި މަސައްކަތް ފާހަގަ ކުރެވޭ. ހިތާމައަކީ ﷲއާއި އެކަލާނގެ ރަސޫލާ ﷺއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައި އޮތުން." ޝެއިހް އަލީ ޒާހިރުގެ ޓްވީޓްގައި ވިދާޅުވިއެވެ

ޝެއިހް އަލީ ޒާހިރު މިހެން ވިދާޅުވެފައި ވާއިރު އިސްލާމްދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓުތަކެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާއި "އުތެމަ" ޖަމިއްޔާގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

  1. ށަވިޔަނި

    ކިތަންމެ ވާހަކައެއް ދެއްކިޔަސް ބީރު ކަންފަތަކަށް އަޑެއް ނީވޭނެ. ނަމެއްގަ އިސްލާާމް ދީން ހެދިގެން އުޅެނީ މިހާރުވެސް އިންޑިޔާ މީހަކު އެއްޗެކޭ ބުނެބަލަ އިވޭނެ ކުރާނެ މިހެން ނޫންތޯވަނީ