Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފިލިޕިންސް ނަރުހުގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރަން ފޮނުވައިލައިފި

ފިލިޕިންސް ނަރުހުގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރަން ފޮނުވައިލައިފި

މަރައިލިކަމަށް ޝައްކު ކުރެވޭ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ ހަށިގަނޑު ގައުމަށް ފޮނުވައިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިލިޕިންސް މީހާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް އިއްޔެ ފޮނުވައިލައިފައިވާ ކަމަށެވެ.

މޭރީގެ ހަށިގަނޑު އާއިލާއާ ހަވާލު ކޮށްފައި މިވަނީ، އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހުގައެވެ. އެގޮތުން މޭރީ މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ނޫން ކަމަށާއި އޭނާ މަރުވީ ނޭވާ ހާސްކޮށްލުމުގެ އިތުރުން ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ހާމަވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މޭރީގެ މަރުގެ ތުހުމަތާ ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެން މީހާގެ ބަންދަށް މީގެ ކުރިން ޖެހި 15 ދުވަސް ހަމަވުމުން އެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް މިއަދު ދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް