ޚަބަރު

މައި ހަބަކަށްވި ގަމު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތިގެން ރަށު މީހުން ވިހަން މާލެއަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތި ގިނަ ބަޔަކު މާލެ ދާން ޖެހުމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

Ads by Hajj Corporation

ބޮޑު އާބާދީއެއް ހިމެނޭ ލ.އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތީ ކުރިން ހުރި ޑޮކްޓަރު މިވަގުތު ޗުއްޓީއަށް ގޮސްފައިވާތީ ކަމަށާއި ހަފްތާއެއްގެ ތެރޭގައި މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

"ޑޮކްޓަރު ޗުއްޓީއަށް ދިޔައީ މިމަހުގެ 9ވަނަ ދުވަހު. އެ ޑޮކްޓަރު ޗުއްޓީ ނިންމައި އަންނަނީ އަންނަ މަހު. ހަފްތާއެއް ތެރޭ ރިޕްލޭސްމަންޓެއް ލިބޭނެ އިރާދަކުރެއްވިއްޔާ. ދަތި ވަނީ މިވަގުތު ރާއްޖޭގައި ހޭނައްތާ ޑޮކްޓަރުން މަދުވުމުން" ޝިޔާމް ވިދާޅުވިއެވެ.

ހޭނައްތާ ޑޮކްޓަރަކު ނެތުމުން، ބައެއް އޮޕަރޭޝަންތައް ހެދުން ވަގުތީ ގޮތުން އެ ހޮސްޕިޓަލުން ވަނީ މެދު ކަނޑައިލައިފައެވެ.

ކޮވިޑް-19އާ އެކު މާލެ ބަންދު ކުރުމުން ކ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކުގެ މީހުން ބޭސްފަރުވާ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް އައިސްފައި ވެއެވެ. އެހެން ނަމަވެސް މާލެ ހުޅުވާލުމާއި ގަން މޮނިޓަރިންގެ ހާލަތަށް ހަތަރު ފަހަރެއްގެ މަތިން ގެނައުމާ ގުޅިގެން އަތޮޅު ތެރޭން ސިއްޙީ ޚިދުމަތް ހޯދަން ގަމަށް ދާ މީހުން ވަނީ މަދުވެފައެވެ.

  1. ޑިރެކްޓަރ ކުޑަކަތީބު

    ވާނީވެސްއެހެންތާއެވެ. ދާއިރާގެ އެއްވެސް ތަޢުލީމެއް ތަޖްރިބާއެއް ނެތް ކުޑަކަތީބުންގެ ދައުރުއަދާކުރި މީހުނަށް ޑިރެކްޓަރުން ލެވެލްގެ މަތީ މަޤާމާއި ބޮޑު މުސާރަދީފަ ތިބޭ މީހުންގޮސް މެޑިކަލް ޑޮކްޓަރުންނަށް އަމުރުހިންގާ ޒާތެއްގެ ލޯބީގެ ކުޅިވަރެއްފަދައިން ބޮޑެތި ހޮސްޕިޓަލްތައް ހަވާލުކުރީމަ، އެ މީހުނަށް އަސަރުކުރީ ބޭރަށް ހިނގުންޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ ބަލި މީހުންފެނުނީމަޔޯ ކިޔާތީ އިވޭ، �