ޚަބަރު އިޖުތިމާޢީ

މަތިވެރީ ސުކޫލުގެ ޓީޗަރަކު "ކުއްލިއަކަށް ގެއްލުނު" މައްސަލައެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަތިވެރީގެ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ:މީސްމީޑިއާ

އއ. މަތިވެރީ ސުކޫލުގެ ޓީޗަރަކު ކުއްލިއަކަށް "ގެއްލިފައިވާ ކަމަށާއި" އެ ޓީޗަރު ސުކޫލަށް ވެސް ނޭނގި ފުރައިގެން ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ދެމުން މަތިވެރީ ބެލެނިވެރިއަކު ބުނީ ޓެސްޓް މިހައި ގާތްވެފައި އޮއްވާ ޓީޗަރު ކުއްލިއަކަށް "ގެއްލުމުން" ކުދިންގެ ކިޔެވުމަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރު ފުރައިގެން ދިޔައީ ސުކޫލަށް ވެސް ނޭނގި ކުއްލިއަކަށެވެ. އެހެން ނަމަވެސް ފުރައިގެން ދިޔުމުގެ ކުރިން ސުކޫލުގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމްއާ އެ ޓީޗަރު ބައްދަލުކޮށް މަގާމުން އިސްތިއުފާ ދޭން ބޭނުންވާކަމަށް ވަނީ ބުނެފައިކަމަށް "ދެން"އަށް މައުލޫމާތު ލިބިފައި ވެއެވެ.

"ދިޔުމުގެ ކުރީ ދުވަހުގެ ރޭގައި އަޅުގަނޑާ ބައްދަލު ކުރި. ކޮށްފައި ބުނީ ބޭނުމީ ރިޒައިން ކުރާށޭ. މުޖުތަމައުގެ ތެރޭގައި ކަންކަން ހުރި ގޮތުންނޭ ބުނީ. ދެން އަޅުގަނޑު ބުނިން ބިދޭސީ ޓީޗަރުންގެ ރިޒައިން ކަންކަން އޮންނަނީ މިހެން މިހެން ނޫންހޭ. 3 މަސް ކުރިން ޖެހޭނޭ އަންގަން. ދެން ޓާމް ނިމެން ވެސް މާ ގިނަ ދުވަހެއް ވެސް ނެތެއް ނޫންހޭ. ދެން އެހުރިހާ ކަމަކަށް އެއްބަސް ވެސް ވި ވަރަށް ރަނގަޅަށް އެރޭ ވާހަކަ ދެއްކީ ވެސް" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޓީޗަރު ފުރައިގެން ދިޔަކަން އެނގުނީވެސް އަނެއް ދުވަހު ސުކޫލަށް ނުދިޔުމުންނެވެ.

"އަނެއް ދުވަހު ސުކޫލަން ހާޒިރު ނުވީމައި އަޅުގަނޑު ގުޅާގުޅާ ފޯނެއް ނުނަގައި. އެ ރެއާ ހަމައަށް އަޅުގަނޑު ގުޅިން. ދެން މިނިސްޓްރީއަށް ގުޅީމަ މިނިސްޓްރީން ބުނި އެ ޓީޗަރު މިނިސްޓްރީއަށް ދިޔަ ވާހަކަ. ދެން އަޅުގަނޑު ހަމަ އެއްކޮށް ދިޔައީތޯ ޔަގީންކޮށްލަން ޓީޗަރު އުޅުނު ގޭގެ ވެރިމީހާ ގާތު ބުނެގެން އޭނާ އުޅުނު ކޮޓަރި ވެސް ބަލާލިން. ހުރިޙާ އެއްޗެއް ވެސް ހުރީ ގެންގޮސްފައި. އެެހެންވީމަ ދެން އެނގުނު ނާންނާނެކަން ދެން" އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އިންޑިއާގެ އެޓީޗަރު ކުއްލިއަކަށް ފުރައިގެން ގޮސްފައިވަނީ 14 ވަނަ ދުވަހު ކަމަށާއި އެހެންކަމުން އިތުރު ޓީޗަރެއް ލިބެންދެން މި ވަގުތު ތިބި ޓީޗަރުން ލައްވައި ގަޑިތައް ނަގަމުންދާ ކަމަށެވެ.

Ads by Allied Insurance
  1. ވިސްނާ

    އިންޑިއާ ޓީޗަރެއްވީމާ މިސަރުކާރަށް އޯކޭ ވާނެ!

  2. ޢެއިންވެސްއެގެނީ އިންދިޔާއިންގެންނަމީހުނައްއޮންނަބާރު