ދުނިޔެ

ބެލަރުސްގެ ބޯޑަރު ކައިރީ ޕޮލެންޑްގެ ސިފައިން މީޑިޔާތަކަށް ހުރަސްއަޅަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަޝްރަހު ގޯސްވެފައިވާ ބެލަރުސްއާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރި އެތަން ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ޕޮލެންޑް ސިފައިން ހުރަސް އަޅަމުންދާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ހަނގުރާމައިގެ ސަބަބުން ދިރިއުޅެން ދަތިވެފައިވާ މެދުއިރުމަތިން ދަތުރު ކުރަމުން އަންނަ ރެފިއުޖީން ބެލަރުސް ހުރަސްކޮށް ޕޮލެންޑަށް ވަންނަން މަސައްކަތްކުރަން ފެށުމުން ޕޮލެންޑުން ވަނީ ރެފިއުޖީންނަށް އެގައުމަށް ނުވަދެވޭގޮތަށް ބޯޑަރު ކައިރީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން ގިނަ އަދަދެއްގެ ސިފައިން ވަނީ ހަތިޔާރާ އެކު ބޯޑަރު ސަރަހައްދަށް ފޮނުވައިފައެވެ. އަދި އެސަރަހައްދުގައި ވަނީ "ސްޓޭޓް އޮފް އިމަޖެންސީ" އިއުލާނުކޮށްފައެވެ.

މިއާ އެކު އެސަރަހައްދުގެ ފޮޓޯ ނެގުމަށާއި ހަބަރުތައް ގެނެސްދިނުމަށް ނޫސްވެރިންނަށް އެންމެ ގާތަށް ވެސް ދެވެނީ ބޯޑަރު ޒޯނުގެ 3 ކިލޯ މީޓަރާ ހަމައަށެވެ. ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ވަނީ އެމީހުންނަށް ފުރައްސާރަކޮށް އެމީހުންގެ އިކުއިޕްމަންޓްތައް ވެސް ބަލައި ފާސްކޮށްފައެވެ. އަދި އިކުއިޕްމަންޓްތައް ބަލާ ފާސް ކުރިއިރު ނޫސްވެރިން ތިބީ ބިޑިއަޅުވާފައިކަމަށް ވެސް ނޫސްވެރިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ ރެފިއުޖީން ބެލަރުސް ހުރަސްކޮށް ޕޮލެންޑާއި ލިތުއޭނިއާއި ލެތުވިއާއަށް ވަނުމުގެ މަސައްކަތް ކުރާކަމުގެ ތުހުމަތުތައް މީގެ ކުރިން ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ބެލަރުސްގެ ރައީސް ލުކަޝެންކޯ ވަނީ މިތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އެސަހަރައްދުގެ ހަމަނުޖެހުން ބޮޑުވި ނަމަވެސް ބައެއް ރެފިއުޖީން ވަނީ ފިލަައިގެން ޕޮލެންޑަށް އެތެރެވެފައެވެ. އަދި އެމީހުން ވަނީ ޖަންގަލިތަކުގެ ތެރޭގައި ފިލައިފައިކަމަށް ވެސް ހަބަރުތައް ބުުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!