ޚަބަރު

ޙަޤީޤީ ވާހަކަ: އައުރަ ނިވާކުރުމަށް އިންކާރުކޮށް ، ނަމާދު އަޅަމުންދިޔަ އަންހެނަކު މަރުވުމުން ދިމާވި ބިރުވެރި ޙާލަތު

ދެން އެމްވީ ، ދެން އޮންލައިން

ކަށްވަޅުގެ ޢަޒާބަކީ ޙައްޤު ތެދެކެވެ. މީހާ މަރުވުމުން އެމީހާ ވަޅުލިޔަސް ނުވަތަ އަންދާލިޔަސް ހަމައެހެންމެ ކަނޑުފެއްތި ނަމަވެސް ، ބަރުޒަޚްގެ ޢާލަމް އެމީހަކަށް ފެށުނީއެވެ. ދުނިޔެއާއި އާޚިރަތާ ދެމެދު ހޭދަ ކުރާ މި ޙާލަތުގައި މީހާއަށް ސަލާމަތްކޮށް އޮތީ ތިމާގެ ޙަޔާތް ހެޔޮ ގޮތުގައި ހޭދަކޮށްގެންނެވެ. ނަމާދަށް ރައްކާތެރިވެ ވެގެންނެވެ.

Ads by Sosun Fihaara

މިއީ ނަމާދު ނުކޮށް އުޅުނު މީހެއް މަރުވެ އޭނާ ހިނެވި އަންހެނަކަށް ދިމާވި ކަންތައްތަކެއްގެ ވާހަކައެކެވެ. މަޝްހޫރު މި ވާހަކަ ޝައިޚް އިލްޔާސް ޙުސައިންގެ ދަރުހެއްގައި ވަނީ ގެނެސްދީފައެވެ.

''ޢަރަބި އަންހެނަކު ކިޔައިދީފައިވެއެވެ.

އަވަށްޓެރި ޒުވާން ކުއްޖަކު ނިޔާވުމުން އޭނާ ހިނަވައިދިނުމަށް ޒުވާނާގެ މައިންބަފައިން އަހަރެންގެ ގާތުގައި އެދުނެވެ. އެމީހުންގެ ދަޢުވަތަށް އެގެއަށް ދިޔުމުން މައްޔިތާ އޮތް ކޮޓަރިއަށް އަހަރެން ވައްދާފައި ބޭރުން ތަޅުލައިފިއެވެ. އޭރު މައްޔިތާގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ. އަހަރެން އެގޭގެ މީހުންނަށް ގޮވައިފައި ދޮރު ހުޅުވުމަށް އެދުނެވެ. އަދި ދޮރު ލައްޕައި ތަޅުލީ ކީއްވެތޯ އެހީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

މައްޔިތާ ހިނެވުމަށް ނިންމާ އޭނާގެ ގައިމަތީގައި އޮތް ފޮތިގަނޑު ނަގައިފީމެވެ. އެހިނދު މައްޔިތާ އޮތް ޙާލު ފެނި އަހަރެން ގެ ލޮލުން ތަރި ބުރައިގެން ދިޔަފަދައެވެ. މައްޔިތާ އޮތީ ކަޅު ދެލިބުރިއެއް ފަދައިންނެވެ. އަދި އަހަންނަށް ރޮވި އެތަނަށް ވެއްޓިއްޖެއެވެ. އަނެއްކާ ވެސް ދޮރު ހުޅުވައިދިނުމަށް އަހަރެން އާދޭސް ކުރަމުން ގެންދިޔައިމެވެ. ނަމަވެސް ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ތެދުވެ ﷲ އަށް ޙަމްދާ ޝުކުރުކޮށް އެ އިލާހުގެ ޙަޟްރަތުން މަދަދަށް އެދި ދެންނެވީމެވެ. އަދި އެތަނުން ނިކުންނާނީ މައްޔިތާ ހިނެވުމަށްފަހު ކަމަށް ނިޔަތް ގަތީމެވެ.

މައްޔިތާ ހިނަވަން ފެށުމާއެކު އޭނާގެ ގުނަވަންތައް އަހަރެންގެ އަތްމައްޗަށް ވެއްޓެމުން ދިޔައެވެ. އެހިނދު އަނެއްކާ ވެސް ބިރުވެރިކަން އިތުރުވިއެވެ. ނަމަވެސް ލޯމަރައިންހުރެ ޝަހާދަތް ކިޔަމުން ﷲ އަށް ދުޢާ ދަންނަވަމުން މައްޔިތާ ހިނަވާ ނިންމީމެވެ. އަދި ގޭގެ މީހުންނަށް ގޮވާލާފައި ބުނީމެވެ. ހިނަވާ ކަފުންކޮށްފީމެވެ. ދޮރު ހުޅުވައި ދޭށެވެ. ހެޔޮ ނުވާނެއެވެ. ދޮރު ހުޅުވައިދޭށެވެ.

ދޮރު ހުޅުވައި ދިނުމުން އެގޭގައި މަޑުނުކޮށް އަހަރެން ބާރު ބާރަށް ނިކުމެގެން ގެއަށް ދިޔައިމެވެ. އަދި ފެނިގެން ދިޔަ މަންޒަރުން ހިތަށް ވެރިވި ބިރުވެރިކަމާއެކު ގެއިން ނުނިކުމެ ގޭގައި އޮތީމެވެ. އެގޮތުގައި ތިން ދުވަސްވުމުން ކެތް ނުކުރެވިގެން ޝައިޚަކަށް ގުޅައިފީމެވެ. އަދި ވެގެން އުޅޭ ގޮތް ކިޔައިދިނުމުން ފިކުރު ނުކުރުމަށާއި މާޔޫސް ނުވުމަށް އެދި ، ޙާދިޘާ ދިމާވުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ ކަމަށް ވިދާޅުވެ އެގެއަށް ގޮސް މައްޔިތާގެ މައިންބަފައިން ގާތުގައި ސުވާލު ކުރުމަށް ވިދާޅުވިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން އެގެއަށް ގޮސް އެގޭގެ އަހުލުވެރީން ގާތުގައި ބުނީމެވެ. އަހަރެންގެ އޮތީ ދެ ސުވާލެކެވެ. މި ދެސުވާލަށް ޖަވާބު ދޭށެވެ. ފުރަތަމަ ސުވާލަކީ އަހަރެން ކޮޓަރިއަށް ވަނުމުން ދޮރުލައްޕާފައި ބޭރުން ތަޅުލީ ކީއްވެ ހެއްޔެވެ. ދެވަނަ ސުވާލަކީ ކަލޭމެންގެ މި ކުއްޖާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. އެކުއްޖާ ދުނިޔެ މަތީގައި ކުރަމުން ދިޔައީ ކޮންކަމެއް ހެއްޔެވެ.

ފުރަތަމަ ސުވާލުގެ ޖަވާބުގައި ބުންޏެވެ. ހިނަވާ ހަތް މީހުން ގެނެސްފީމެވެ. ކޮންމެ މީހަކު އައިސް ފޮތިގަނޑު ނަގާފައި ދުވެދަނީއެވެ. އެހެންވެ އަހަރެންނަށް އެކަން ނާންގާ ކޮޓަރިއަށް ވައްދާފައި ތަޅުލުމުން އެކަން ކޮށްދޭނެ ކަމަށް ބަލާފައި އެކަން އެގޮތަށް ކުރީއެވެ.

ދެވަނަ ސުވާލުގެ ޖަވާބުގައި ބުންޏެވެ. އޭނާ މާ ގޯސްކަންތައް ކޮށެއް ނޫޅެއެވެ. ނަމަވެސް ނަމާދަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެއެވެ. އަދި އައުރަ ނިވާ ކުރުމަށް އިންކާރު ކުރިއެވެ.

އެކުވެރީންނެވެ. ނަމާދަށް ފަރުވާ ކުޑަކޮށް ދުނިޔެ މަތީގައި އުޅެ ، ނިމިދިޔުމުން އޮތީ ގެއްލުމާއި ޙަލާކެވެ. ވުމާއެކު ލިބިފައި މިވާ ކުރު ޙަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަގުގައި ހިނގާ ބުއްދިވެރީން ކަމުގައި ވާށެވެ.

Ads by Ooredoo
  1. މަރިއްތަ

    އެއީހަމަހަގީގަތެއް އެގޮތަށް އެކަންތަށް ވެދާނެކަމައްކޮށްމެމީހަކުވެސްޤަބޫލުކުރަންވީޤަބޫލުކުރުމަކީ ބަރާބަރަށްނަމާދުކުރުން