Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ނައިފަރުން ދޫކުރާ 100 ހައުސިން ޔުނިޓަށް ފުރަތަމަ ދުވަހު ވެސް 700އަށް ވުރެ ގިނަ ފޯމް!

ނައިފަރުން ދޫކުރާ 100 ހައުސިން ޔުނިޓަށް ފުރަތަމަ ދުވަހު ވެސް 700އަށް ވުރެ ގިނަ ފޯމް!

ނައިފަރުން ދޫކުރާ 100 ހައުސިން ޔުނިޓްތަކަށް އެދި ފުރަތަމަ ދުވަހު ވެސް 700 ފޯމު ދޫކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ދެން"އަށް ވިދާޅުވީ ހައުސިން ޔުނިޓުތަކަށް އެދި މިމަހުގެ 18 ވަނަ ދުވަހު ހުޅުވައިލި އިރު އެ ދުވަހު އެކަނި ވެސް 700އަށް ވުރެ ގިނަ ފޯމް ދޫކޮށްފައިވާކަމަށެވެ.

"18ވަނަ ދުވަހު މި ހުޅުވައިލީ ، ދެން ފޯމް ހުށައެޅުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 23ވަނަ ދުވަހާ ހަމައަށް. ދެން ހުޅުވައިލި ދުވަހު އެކަނި ވެސް 700އަށް ވުރެ ގިނަ ފޯމް ވަނީ ކައުންސިލުން ދޫކޮށްފައި. އަދި ޑައުންލޯޑް ވެސް ކުރެވެނޭ" ރަޝީދު ވިދާޅުވީ އެވެ.

Advertisement
Ooredoo — Square (box)

ރަޝީދު ވިދާޅުވީ ހައުސިން ޔުނިޓަށް އެދޭ ފޯމްް ކައުންސިލުން ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 12އަށް ކަމަށެވެ. އަދި ކައުންސިލް ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

ނައިފަރުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުސޫލު އަދި ފޯމު ފުރިހަމަ ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މާދަމާރޭ  8:15ގައި މަދްރަސަތުލް އިފްތިތާހުގެ ޖަލާލުއްދީން މާލަމުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ނައިފަރުގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް