ޚަބަރު އިޖުތިމާޢީ

ޝަރުތު ހަމަވާ އެންމެން ވެކްސިން ޖަހައި ގާދިއްފުށި އެއްވަނައަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ގާދިއްފުށި މަގެއް/ފޮޓޯ ގާދިއްފުށި ކައުންސިލް ފޭސްބުކްޕޭޖް

ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ޖަހާ ވެކްސިން ، ޖެހުމަށް ޝަރުތު ހަމަވާ އެންމެން ވެކްސިން ފުރިހަމަކުރި ރަށަކަށް ތ.އަތޮޅު ގާދިއްފުށި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ ގާދިއްފުށީގައި ވެކްސިން ޖެހޭ އާބާދީގެ އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 248 ކުދިން ވެކްސިން ފުރިހަމަކޮށް މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވެކްސިން ޖެހޭ އާބާދީގެ 100އިންސައްތައަށް ވެކްސިން ޖެހި ފުރަތަމަ ރަށަކަށް އެ ރަށް ވެފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގެ ވެކްސިން ޖެހޭ އާބާދީ 81އިންސައްތަ ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެ ތެރެއިން ހދ. ފިނޭ އަދި ށ. ނޫމަރާގައި ވެކްސިން ނުޖަހާ ވަނީ ހަމަ އެންމެ މީހެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 3 ވެކްސިނެއް ޖަހައެވެ. އެއީ ކޮވިޝީލްޑް، ސިނޮފާމް އަދި ފައިޒަރ އެވެ. ވެކްސިން ފުރިހަމަ ކުރިކަމަށް ބަލަނީ ވެކްސިނުގެ 2 ޑޯސް ފުރިހަމަ ކުރުމުންނެވެ. އަދި މިހާރު ދަނީ މި ވެކްސިންތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޓަކައި ބޫސްޓަރ ޝޮޓެއް ވެސް ޖަހަންފަށައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 395،302 މީހަކު ވަނީ ޖަހައިފައެވެ. އަދި ދެވަނަ ޑޯޒް 361،941 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 6،009 މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!