"މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން"ކެންޕޭންގެ ހިނގާލުން ފުވައްމުލަކު ސިޓީގައި ބާއްވައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ “މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން”ކެމްޕޭންގެ ގައުމީ ބޮޑު ހިނގާލުން މިއަދު ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.
މިއަދު ހަވީރު 4:00ގައި ޕީޕީއެމް ފުވައްމުލަކު އޮފީހުން ފެށި މި ހިނގާލުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ. މި ހިނގާލުމުގެ ބައިވެރީން ވަނީ ގައުމީ ދިދައާއި އިންޑިއާ މިލިޓަރީ އައުޓް ދިދަ ހިފައިގެން ޝުޢޫރު ފާޅުކޮށްފައެވެ. ބައިވެރީން ގޮވަމުން ދިޔައީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށާއި އިންޑިއާއާ އެކު ދިވެހި ސަރުކާރުން ހަދައިފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރާށެވެ.
<img class="alignnone wp-image-127126 size-full" src="https://cdn.dhen.mv/wp-content/uploads/2021/11/photo_2021-11-20-21.35.40.jpeg" alt="" width="1280" height="588" />
މިއަދުގެ މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް ޢަބްދުاللهއާއި ނައިބު ރައީސް އާދަމް ޝަރީފާއި ޣައްސާން މައުމޫން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހިނގާލުން ނިންމައިލުމުގެ ގޮތުން ޢަބްދުއްރަޙީމް ވަނީ ބައިވެރީންނާ މުޚާތަބުކޮށް ވާހަކަ ދައްކަވައިފައެވެ.





.webp)

ކޮމެންޓް