ޚަބަރު

މާލޭގައި ނައިޓް މާކެޓް ބާއްވަނީ އެންމެ ފަރާތަކުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދެ އަހަރެއްހާ ދުވަސް ވަންދެން ހުއްޓައިލި ނައިޓް މާކެޓް ބާއްވަން ހަތަރު ފަރާތަކަށް ހުއްދަ ދީފިއެވެ. އެއީ މާލޭގައި އެއް ފަރާތަކަށާއި ހުޅުމާލޭގައި ތިން ފަރާތަކަށެވެ.

Ads by STELCO

މި މަހުގެ 10 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ފެއާ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލެއް އެކުލަވައިލުމަށް ފަހު، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.

މި ފުރުސަތު ހުޅުވައިލުމާ އެކު މިހައިތަނަށް 18 ފަރާތަކުން ޝައުޤުވެރިކަން ފާޅު ކުރި ނަމަވެސް، ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ މިފަހަރު ދީފައި ވަނީ ހަތަރު ފަރާތަކަށެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ހުއްދަ ދީފައިވަނީ މާލޭ ބްރިޖް ސަރަހައްދާއި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ނައިޓް މާކެޓު ބޭއްވުމަށެވެ.

އަންނަ ޑިސެމްބަރު މަހު ނައިޓް މާކެޓު ބޭއްވުމަށް ހުއްދަ ދީފައި ވަނީ:

▪︎ ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓް: ހުޅުމާލެ ރުއްގަނޑު ސަރަހައްދު 2
1 ޑިސެމްބަރު 2021 - 10 ޑިސެމްބަރު 2021

▪︎ ބީޓުބީ: ހުޅުމާލެ ރުއްގަނޑު ސަރަހައްދު 2
14 ޑިސެމްބަރު 2021 - 24 ޑިސެމްބަރު 2021

▪︎ އަކޫޒް ޕްރައިވެޓް ލިމިޓެޑް: ހުޅުމާލެ ހުޅުމާލެ ސެންޓްރަލް ޕާކް
24 ޑިސެމްބަރު 2021 - 5 ޖެނުއަރީ 2022

▪︎ ޕްރިޒަމް ހޯލްޑިންގް: މާލެ ބޮޑުތަކުރުފާނު މަގު، ބްރިޖް ސަރަހައްދު
26 ޑިސެމްބަރު 2021 - 6 ޖެނުއަރީ 2022

ނައިޓް މާކެޓް އިންތިޒާމް ކުރާ ފަރާތުން ޕްރޮސެސިން ފީއެއްގެ ގޮތުގައި 20،000 ރުފިޔާ ސިޓީ ކައުންސިލުން ނަގައެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ރުފިޔާ ސިޓީ ކައުންސިލްއަށް ދައްކަން ޖެހޭއިރު، މުދާ ވިއްކަން ބަހައްޓާ ކޮންމެ މޭޒަކުން ވިޔަފާރީގެ ފަސް އިންސައްތަ ސިޓީ ކައުންސިލަށް ދޭން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!