މަސްތުވާތަކެތީގެ މައްސަލައެއްގައި 26 އަހަރުގެ ޒުވާނަކަށް 78 އަހަރުގެ ޖަލު ހުކުމެއް!

މަސްތުވާތަކެތީގެ ހަތަރު ދައުވާއެއް ސާބިތުވެ، އުމުރުން 26 އަހަރުގެ ޅ.ނައިފަރު، މުންތަސަރު ޔޫސުފް 78 އަހަރަށް ޖަލަށް ލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ، އުފުލައިފައިވާ ދައުވާތަކަށް އިއުތިރާފް ވުމުންނެވެ.
އޭނާގެ މައްޗަށް ކުރި ކެނެބިސް ބޭނުން ކުރުމުގެ ދައުވާގައި ޖަލަށް ލައިފައި ވަނީ ދެ އަހަރާއި އަށް މަހާއި 15 ދުވަހަށެވެ. މީގެ އިތުރުން ކޮށްފައިވާ ދައުވާތަކަކީ، ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.
މި ތިން ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ކޮންމެ ދައުވާއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމުން، ތިން ދައުވާ ސާބިތުވުމުން، މި ތިން ދަޢުވާއަށް އޭނާގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައެވެ.
ޖަލު ހުކުމުގެ އިތުރުން އެ ތިން ދައުވާއާ ގުޅިގެން އޭނާ ވަނީ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.





.webp)

ކޮމެންޓް