Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެ އަހަރުގެ ކޮއްކޮއާއި 15 މީހަކު ރޭޕް ކުރިކަމަށް އެއްބަސްވި މީހެއްގެ މައްސަލަ ބަލަނީ

ދެ އަހަރުގެ ކޮއްކޮއާއި 15 މީހަކު ރޭޕް ކުރިކަމަށް އެއްބަސްވި މީހެއްގެ މައްސަލަ ބަލަނީ

އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕް ކުރި ކަމަށް އަމިއްލައަށް އިއުތިރާފުވި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާ ރޭޕްކުރި ކަމަށް އެހެން މީހެއް ކައިރީ އެ މީހާ ބުނެފައިވާ ވާހަކައިގެ ސްކްރީންޝޮޓްތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެމީހާގެ ވާހަކަތަކުން ހާމަވާ ގޮތުގައި، އޭނާ ރޭޕް ކުރީ އޭނާގެ އަމިއްލަ ކޮއްކޮއެވެ. ކޮއްކޮގެ އިތުރުން އޭނާ ވަނީ އިތުރު 15 މީހަކު ރޭޕްކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މައުލޫމާތު ސާފުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް