އައު ވޭރިންޓަށް މަސައްކަތް ކުރާ ބޭހެއް ބޭނުން ކުރުމުގެ ހުއްދަ ދީފި

ކޮވިޑް-19ގެ އައު ވޭރިއަންޓް ، އޮމައިކްރޯން ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ޑްރަގް ޓްރީޓްމަންޓެއް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން އާއްމުކޮށް އެ ޤައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.
މި ބޭހަކީ ފާމަސޫޓިކަލް ކުންފުނި ގްލަކްސޯސްމިތްކްލައިން (ޖީއެސްކޭ)އިން އުފައްދައިފައިވާ ޒެވުޑީ (ސޮޓްރޮވިމާބް)އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ބޭސް ބޭނުން ކުރުމުން ވަނީ، ކޮވިޑް-19އިން ނުރައްކަލަށް ހުށަހެޅިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި، މަރުވާ މީހުންގެ ނިސްބަތް 79 އިންސައްތައަށް ދަށްވެއެވެ. އަދި ދުނިޔެ ނުރައްކަލަށް ހުށަހެޅިފައިވާ އޮމިކްރޮން ވޭރިއަންޓުން މި ބޭސް ރައްކާތެރިކޮށްދޭ ކަމަށް ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކައެވެ.
މި އެންޓިބޮޑީއަކީ ކޮވިޑު-19ގެ ނުރައްކާ ބޮޑު މީހުންނަށް މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ހުއްދަ ދީފައިވާ އެންޓިބޮޑީއެކެވެ.
އިނގިރޭސި ވިލާތުން ވަނީ މި ބާވަތުގެ 100،000 ޑޯޒް އޯޑަރުކޮށްފައެވެ.
މި ޑްރަގް އުފައްދާ، ވީރް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޯޖް ސްކޭންގޯސް ވިދާޅުވާ ގޮތުގައި ސޮޓްރޮވިމާބް ގަސްދުގައި ފަރުމާކޮށްފައި ވަނީ މިއުޓޭޓިން ވައިރަހަށް އަމާޒުކޮށްގެނެވެ.
"މިއުޓޭޓްވުމުގެ ފުރުސަތު ކުޑަ ސްޕައިކް ޕްރޮޓީންއަކަށް އަމާޒުކޮށްގެން އުފައްދާފައިވާ އެންޓިބޮޑީއެއް މިއީ. އަޅުގަނޑުމެން އުންމީދުކުރީ މިހާރު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓާއި މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ލަފާކުރެވޭ ވޭރިއަންޓްތަކަށް ވެސް މި ޑްރަގް އެޑްރެސް ކުރެވޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.
"ޕްރީކްލިނިކަލް ޑޭޓާއިން ދައްކުވައިދޭ ފަދައިން، އޮމިކްރޮން ފެނުނު މުހިންމު މިއުޓޭޝަންތައް ވެސް ހިމެނޭ ގޮތަށް، މިހައިތަނަށް ޓެސްޓް ކުރެވުނު ހުރިހާ ވޭރިއަންޓްތަކާއި، ކަންބޮޑުވާ ހުރިހާ ވޭރިއަންޓަކާ ދެކޮޅަށް އެކްޓިވިޓީ ހިފެހެއްޓުމުގެ ގާބިލްކަން މި ޑްރަގްއިން ދައްކައިދޭ"
މި ޑްރަގަކީ ރޮނާޕްރޭވްއަށް ފަހު އެމްއެޗްއާރުއޭއިން އެޕްރޫވް ކުރި ދެވަނަ މޮނޮކްލޯނަލް އެންޓިބޮޑީ ޓްރީޓްމަންޓެވެ. ކްލިނިކަލް ޓްރަޔަލް ޑޭޓާގެ މައްޗަށް ބިނާކޮށް، ރަނގަޅަށް މަސައްކަތް ކުރުމަށް އިންފެކްޝަންގެ ކުރީކޮޅު މި ބޭސް ބޭނުން ޖެހެއެވެ.
ޒެވުޑީއަކީ 30 މިނެޓަށް ވުރެ ގިނަ އިރު އައިވީއެއް މެދުވެރިކޮށް ޖަހާ ބޭހެކެވެ. އަދި 12 އަހަރުން ދަށުގެ ހުރިހާ އެންމެނަށް މި ޑްރަގް ބޭނުން ކުރެވޭނެއެވެ.