Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
އޭޝިއާ

އަވައްޓެރި އިންޑިއާއިން ވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

އަވައްޓެރި އިންޑިއާއިން ވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ
ކޮވިޑް-19ގެ އައު ވޭރިންޓެއް ކަމަށްވާ އޮމިކްރޮން އަވައްޓެރި އިންޑިއާއިން ވެސް ފެނިއްޖެއެވެ. ދެކުނު ކަރްނާޓަކާ ސްޓޭޓުން މި ވޭރިއަންޓަށް ފައްސިވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް ކަމަށް އެ ސްޓޭޓުގެ ސިއްހީ އިސް އޮފިޝަލެއް ކަމަށްވާ ލާވް އަގަރްވާލް ވިދާޅުވިއެވެ. "މި ދެ މީހުންނާ އެންމެ ފުރަތަމަ އެއްތާވި މީހުންނާއި ، ފަހުން އެއްތާވި މީހުން ދެނެގަނެ ޓެސްޓް ކުރެވެމުން މިދަނީ،" އަގަރްވާލް ވިދާޅުވިއެވެ. އެ ދެމީހުންނަކީ އެހެން ޤައުމަކުން ގޮސްފައިވާ މީހެއް ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ. ނަމަވެސް ދަތުރުކޮށްފައި ވަނީ ކޮން ޤައުމަކުން ކަމަށާއި ފައްސިވެފައި ވަނީ ވެކްސިން ޖަހައިފައިވާ ބައެއްތޯ ސުވާލު ކުރުމުން އެ ސުވާލަށް ޞިއްޙީ އޮފިސަލް ޖަވާބު ދެއްވައިފައެއް ނުވެއެވެ. އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ގިނަ ގައުމުތަކެއް "ނުރައްކަލަށް" ހުށަހެޅިފައިވާ ކަމަށް އިންޑިއާއިން މިހާރު ގިންތި ކޮށްފައެވެ. އޭގެ އިތުރުން، އިންޑިއާއިން ދަނީ ބައިނަލްއަގުވާމީ އެހެން ހުރިހާ ދަތުރުވެރިންގެ %2 މީހުން ވަކި ތަރުތީބެއް ނެތި ، ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. އަދި މި ވޭރިއަންޓް ދެނެގަތުމަށް ޖެނޯމް ސީކުއެންސިން ވެސް ދަނީ ކުރަމުންނެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އިންޑިއާއިން ވަނީ 8،000އާ ގާތްކުރާ އަދަދަކަށް ފަސިންޖަރުން ޓެސްޓުކޮށްފައެވެ.

އޮމިކްރޮން ވައިރަސް ފެނިފައިވާ ޤައުމުތައް

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް