އޭޝިއާ

އަވައްޓެރި ލަންކާއިން އޮމިކްރޮން ވޭރިއަންޓް ފެނި ފިޔަވަޅުތައް ވަރުގަދަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު ކޮވިޑް-19 އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަަމަށްވާ، އޮމިކްރޮންގެ ވޭދަނައެއް އަވައްޓެރި ސްރީ ލަންކާއިން ފެނިއްޖެއެވެ.

ސްރީ ލަންކާގެ ސިއްހީ އިދާރާތަކުން މިއަދު ވިދާޅުވީ، ކޮވިޑް-19ގެ އޮމައިކްރޯން ވޭރިއަންޓްގެ ފުރަތަމަ ވޭދަނަ، އެޤައުމުން ފެނިފައިވާ ކަމަށާއި ބަލި ޖެހުނީ، ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ތާރީހެއް އޮތް މީހެއް ކަމަށެވެ. މިހެންކަމުން ބަލި ޖެހިފައި ވަނީ އެހެން ޤައުމަކުން ކަމަށް ލަފާ ކުރެވޭ ކަަމަށް ސިއްހީ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް އެ މީހާ ދަތުރުކޮށްފައި ވަނީ ކޮން ޤައުމަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދެކުނު އެފްރިކާއިން އޮމިކްރޮން ވޭރިއަންޓް ފެނުމާ ގުޅިގެން، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ފާއިތުވީ 14 ދުވަހުގެ ތެރޭގައި، ދެކުނު އެފްރިކާ، ނެމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ، އަދި އެސްވަތީނީ (ސްވާޒިލޭންޑް) ފަދަ ހަ ގައުމަކުން ދަތުރުކުރާ ނުވަތަ ޓްރާންސިޓްކުރާ ފަސިންޖަރުންނަށް އެ ޤައުމަށް އެެތެވުން މަނާކޮށްފައެވެ.

ސްރީލަންކާގެ ސިއްހީ އޮފިޝަލުންނާއި ތަޖުރިބާކާރުން އިޝާރާތް ކުރައްވައިފައި ވަނީ، މި ވޭރިއަންޓް މިހާރު ވެސް ސްރީލަންކާއަށް އެތެރެވެފައި އޮވެދާނެ ކަމަށާއި، ހަމައެކަނި ބޯޑަރު ބަންދުކުރުމުން ވެސް އެ ގައުމަށް އެތެރެވުމަށް ހުރަސް ނޭޅޭނެ ކަމަށެވެ. މިހެންކަމުން އިތުރު ފިޔަވަޅުތައް އެޅުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ. އެ ޤައުމުގެ އާބާދީގެ %60އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައިފައެވެ.

މިހައިތަނަށް ލަންކާއިން 5،65،471 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 10،000 އެއްހައި މީހުން އެޤަައުމުގައި އެބަތިއްބެވެ.

އޮމިކްރޮން ވައިރަސް ފެނިފައިވާ ޤައުމުތައް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!