Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ނަޞާރާ ދީނުގެ ލަވައެއް ޖެހުނީ އޮޅިގެން، މައާފަށް އެދެން: ކްލިކް ކޮލެޖު

ނަޞާރާ ދީނުގެ ލަވައެއް ޖެހުނީ އޮޅިގެން، މައާފަށް އެދެން: ކްލިކް ކޮލެޖު

ކްލިކް ކޮލެޖުން ހޮނިހިރު ދުވަހު ބޭއްވި ހަރަކާތެއްގެ ތެރޭގައި ނަޞާރާ ދީން ޕްރޮމޯޓުކުރާ ލަވައެއް ޖެހުނީ އޮޅިގެންކަމަށް އެ ކޮލެޖުން ބުނެފިއެވެ.

ކްލިކް ކޮލެޖުގެ ސަޕޯޓް އެންޑް އެކްސަސައިޒް ދަރިވަރުންގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަޞާރާ ދީން ޕްރޮމޯޓުކުރާ ލަވައެއް ޖެހުމުން އޭގެ މަންޒަރާއި އަޑު ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔައެވެ. އެލަވައިގައި ކިޔަނީ "އަހަރެން ލޯބިވަނީ ޖީސަސްދެކެ" ކަމަށެވެ. ޖީސަސްއަކީ ނަޞާރާއިން އަޅުކަން ކުރާ ބުދަށް ކިޔާ ނަމެވެ.

މި ލަވަ ޖެހިތާ މާ ގިނައިރެއް ނުވެ އެކަން ސައުންޑުގައި ތިބި ކުދިންނަށް އެނގިގެން ލަވަ ބަދަލުކުރިއެވެ. އެހެން ނަމަވެސް އެފަދަ ލަވައެއް އެ ހަރަކާތުގެ ތެރެއިން ޖެހުނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

Advertisement
Allied — Dhen Online (box)

މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ކްލިކް ކޮލެޖުން ބުނެފައި ވަނީ އެ ހަރަކާތުގައި ނަޞާރާ ދީން ޕްރޮމޯޓުކުރާ ލަވައެއް ޖެހީ ގަސްތުގައި ނޫން ކަމަށެވެ. އެދި އެފަދަ ލަވައެއް ޖެހުނުކަން އެނގުމާ އެކު އިވެންޓުގައި ސައުންޑާ ހަވާލުވެގެން ތިބި ފަރާތުން އެ ލަވަ ވަގުތުން ބަދަލުކޮށްފައިވާކަމަށް އެކޮލެޖުން ބުންޏެވެ.

ކްލިކް ކޮލެޖުން ވަނީ އެކަމަށް ޓަކައި މައާފަށް ވެސް އެދިފައެވެ.

ކްލިކް ކޮލެޖުގެ ހަރަކާތެއްގައި ދަރިވަރުންގެ ތެރޭގައި އާންމުކޮށް ނަޞާރާ ދީނުގެ ލަވައެއް ޖެހި މައްސަލަ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ރާއްޖޭގައި ނަޞާރާ ދީން ފެތުރުމުގެ ބޮޑު މަޝްރޫއެއް ފަށައިގެން އުޅޭކަމަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ވާހަކަ ދެކެވިފައެވެ. އެގޮތުން ނަޞާރާއިން އެމީހުންގެ މާތް ފޮތް ކަމަށް ދެކޭ "ބައިބްލް" ދިވެއްސަށް ތަރުޖަމާކޮށް އެ ތަރުޖަމާ ސޯޝަލް މީޑިއާގައި ވެސް ދައުރު ކުރަމުން ދިޔައެވެ.

އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް މަސައްކަތްކުރާ ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ކޯޓު އަމުރަކާ ގުޅިގެން ފެށި މިމަސައްކަތުގައި ފުލުހުން ވަނީ ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކަށް 72 ގަޑިއިރުގެ މުއްދަތެއް ދީ އެ ފަދަ ވެބްސައިޓުތައް ބްލޮކް ކުރަން ވެސް އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް