Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއިން އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

ރާއްޖެއިން އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ
ކޮވިޑް-19 އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޮން ރާއްޖެއިން ފެނިއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، މި ވޭރިއަންޓް ފެނިފައި ވަނީ ފަތުރުވެރިއެއްގެ ގައިން ކަމަށެވެ. އަދި ވޭރިއަންޓް ކަށަވަރު ކުރެވިފައި ވަނީ ފަތުރުވެރިޔާ ކޮވިޑް-19އަށް ފައްސިވުމުން، ޖިނޮމިކް ސީއުއެންސް ހެދުމުން ކަމަށް ވެސް އެ ފަރާތުން ވިދާޅުވިއެވެ. މި ވޭރިއަންޓް ފެނިފައި ވަނީ ކޮން ޤައުމެއްގެ ފަތުރުވެރިއެއްގެ ފަރާތުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ، މިކަމާ ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ދެކުނު އެފްރިކާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށެވެ. މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުން މި ވޭރިއަންޓްދަނީ ފެންނަމުންނެވެ. ރާއްޖެއަކީ މި ވޭރިއަންޓް ފެނުނު ފަސް ވަނަ ޤައުމެވެ. އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ރާއްޖެއިން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. ނޮވެންބަރު 27ވަނަ ދުވަހު އެޅި މި ފިޔަވަޅުތަކުގެ ތެރޭގައި ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީރީއިން ފަތުރުވެރިން އެތެރެވުން މަނާކޮށް، 14 ދުވަސް ތެރޭ އެ ޤައުމަށް ދަތުރު ކުރި ފަރާތްތަކަށް ކަރަންޓީން ކުރުން ހިމެނެއެވެ. އޮމިކްރޮން ވޭރިއަންޓް އަވައްޓެރި އިންޑިއާއާއި ސްރީ ލަންކާއިން ވެސް ވަނީ ފެނިފައެވެ. https://dhen.mv/128138

އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ޤައުމުތައް

މި ވޭރިއަންޓް ފެތުރެން ފެށިއިރު، ވޭރިއަންޓް ވެކްސިނަށް މަސައްކަތް ނުކުރާނެ ކަަމަށް ބެލެވުނު ނަމަވެސް ޔަޤީންކަމާ އެކު މިކަން ހާމަ ކުރުމަށް ދެ ހަފްތާވަރު ވާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިން ވަނީ ވިދާޅުވެފަައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޗީފް ސައިންޓިސްޓް ހުކުރު ދުވަހު ރޮއިޓާސް ނެކްސްޓް ކޮންފަރެންސަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޮމިކްރޮން ވޭރިއަންޓަކީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓަކަށް ވާތީ ގިނަ ބަޔަކަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ލިބެން ހުރި ޑޭޓާތަކަށް ބަލައި ތަފާތު ވެކްސިނެއް ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ވެކްސިންތައް މަސައްކަތް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް. އިމިއުން ރެސްޕޮންސް ބޫސްޓް ކުރުމަށް ފުރަތަމަ އިތުރު ޑޯޒެއް ބޭނުންވެދާނެ،" އިތުރު ޑޭޓާ ލިބެންދެން މި ކަމާ އެއްޗެއް ހާމަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް-19ގެ އައު ވޭރިއަންޓްގައި މިއުޓޭޝަންގެ ވަރަށް އާދަޔާ ޚިލާފު ކޮންސްޓަލޭޝަންއެއް އެކުލެވިގެންވާ ކަމަށް ސައިންވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފޫއަޅުވައިލެވޭ ފަދަ ވޭރިއަންޓެއް ކަމަށާއި މިހެންކަމުން، ބަލި ޖެހޭ މިންވަރު އިތުރުވާނެ ކަމަށް މިހައިތަނަށް ހެދުނު ދިރާސާތަކުން ދައްކަައެވެ. ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މި ވޭރިއަންޓްގެ ސްޕައިކް ޕްރޮޓީންއަށް 30އަށް ވުރެ ގިނަ މިއުޓޭޝަން އައިސްފައިވާކަން ދެނެގަނެފައެވެ. ސްޕައިކް ޕްރޮޓީނަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ސެލްތަކަށް އިންފެކްޓްވުމަށް އެންޓްރީ ޕޮއިންޓެއް އުފެއްދުމަށް އެހީތެރިވެދޭ ބައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް