ނިއުޒީލޭންޑުގައި ޒުވާނުންނަށް ސިނގިރޭޓު ވިއްކުން މަނާ ކުރަނީ

ނިއުޒީލޭންޑުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފިޔަވަޅުތަކެއް އެޅުމާ މެދު މަޝްވަރާ ކުރަން ފަށައިފިއެވެ.
އަންނަން އޮތް ޖީލަށް ރަނގަޅު މުސްތަގުބަލެއް ލިބުމަށް މަގުފަހި ކޮށްދިނުމަށް އެ ޤައުމުން ދަނީ ދުންފަތާއި ސިނގިރޭޓު ވިއްކުން މަނާ ކުރަން އައު ގާނޫނުތަކެއް ހަދަން ވިސްނަމުންނެވެ.
އެގޮތުން އަންނަ އަހަރު ފާސް ކުރަން ނިންމައިފައިވާ ގާނޫނެއްގައި ބުނެފައި ވަނީ، 2008ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ އެއްވެސް ކުއްޖަކަށް އޭނަގެ މުޅި އުމުރު ދުވަހު ވެސް ސިނގިރޭޓާއި ދުންފަތް ހިމެނޭ އެއްވެސް ބާވަތެއް ނުގަނެވޭނެ ކަމަށެވެ.
"އަހަރުމެން ބޭނުން ވަނީ ޒުވާނުން އެއްގޮތަކަށް ވެސް ސިނގިރޭޓު ބޯން ނުފަށަން" ނިއުޒީލޭންޑުގެ ހެލްތު މިނިސްޓަރު ޑރ. އައިޝާ ވެރޯލް ބުނެފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށްޓަކައި ނިއުޒިލެންޑުން އަޅަން ނިންމައިފައިވާ މި ފިޔަވަޅުތަކަށް ދުނިޔޭގެ އެތައް ޤައުމަކުން ވަނީ މަރުހަބާ ކިޔައިފައެވެ.
މިއީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް، އެކަން ހުއްޓައިލަން ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމެއް ކަމަަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.