Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

11.9 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ފުވައްމުލަކުގައި އައު މިސްކިތެއް އިމާރާތް ކުރަނީ

11.9 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ފުވައްމުލަކުގައި އައު މިސްކިތެއް އިމާރާތް ކުރަނީ

ފުވައްމުލައް ސިޓީގެ ދޫޑިގަމު އަވަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އަމަލީ މަސައްކަތް، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

<img class="alignnone wp-image-130553 size-large" src="https://cdn.dhen.mv/wp-content/uploads/2021/12/IMG-e6397bbe85dfa5ea35c8cb83fc59d07c-V-1024x682.jpg" alt="" width="1024" height="682" />

Advertisement
Allied Insurance — Square (box)

މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައި ވަނީ 17 ނޮވެމްބަރ 2021ވަނަ ދުވަހުއެވެ.

ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތް ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަސްތެރޭގައެވެ. މިސްކިތުގެ ޢަމަލީ މަސައްކަތަށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް