Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުސެއިންގެ ޖަނާޒާގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

ހުސެއިންގެ ޖަނާޒާގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި

ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސެއިން ވަހީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ބާއްވައިފިއެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެންބަރު ޙުސެއިން އަވަހާރަވީ ރޭ މެންދަމު 1:30 ހާއިރެވެ. އެމަނިކުފާނު އެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މެންބަރު ޙުސެއިންގެ ކަށުނަމާދު އޮތީ ވަނީ އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Ooredoo — Truecaller (box)

މެންބަރު ޙުސެއިން ފަސްދާނުލީ އާސަހަރާގައެވެ.

މެންބަރ ޙުސެއިން އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ތަޢުޒިޔާ މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހާރަވުމަކީ މުޅި ގައުމަށާއި މަޖިލީހަށް ވެސް ލިބިގެންދިޔަ ނިކަމެތި ކަމެއް ކަމަށެވެ.

މަޖިލިސް ރައީސް މެންބަރު ޙުސެއިން ސިފަ ކުރެއްވީ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައެވެ. އަދި މެންބަރު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އެމަނިކުފާނު ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް