Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޙްމޫދުގެ މަރު: ދައުވާ ކުރަން ފޮނުވައިފި

މަޙްމޫދުގެ މަރު: ދައުވާ ކުރަން ފޮނުވައިފި

2021 އޮކްޓޯބަރު 14 ވަނަ ދުވަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އދ.ދަނގެތީ ވިޔަފާރިވެރިޔާ ،މަހުމޫދު އަބޫބަކުރު މަރައިލުމަށް ފަހު އެ ރަށު ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓައިލައިފައި އޮއްވާ ފެނުނު މައްސަލައިގައި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އޭނާ މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

އަލޮމްގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާއާއި   ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މަހުމޫދު މަރައިލައިފައިވަނީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި މަޙްމޫދު މަރައިލި ކަމަށް ތަހުގީގުގައި އަލޮމް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް