Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެލަވަންސް ނުލިބޭތީ ފްރަންޓްލައިން މަސައްކަތްތެރިން އިހުތިޖާޖަށް

އެލަވަންސް ނުލިބޭތީ ފްރަންޓްލައިން މަސައްކަތްތެރިން އިހުތިޖާޖަށް

ކޮވިޑް-19ގެ އާލަމީ ވަބާ ކޮންޓްރޯލު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ވޮލަންޓިއަރުންނަށް ދޭ ހާއްސަ އެލަވަންސް ނުލިބޭތީ އިހުތިޖާޖަށް ނިކުމެއްޖެއެވެ.

ފްރަންްޓްލައިން މަސައްކަތްތެރިން އިހުތިޖާޖު ކުރަމުންދަނީ ހެލްތު މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ ސަރަހައްދުގައެވެ.

އިހުތިޖާޖުގެ އެއް ބައިވެރިއަކު ބުނީ، އެޗްއީއޯސީގެ ބައެއް ވޮލަންޓިއަރުންނަށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދިވެސް އެލަވަންސް ނުލިބޭ ކަމަށާއި ހިމޭން އިހުތިޖާޖެއް ކުރަން ނިކުންނަން ޖެހުނީ އެސަބަބާ ހެދި ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެލަވަންސް ނުލިބުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި އެޗްއީއޯސީއަށާއި ހެލްތު މިނިސްޓްރީއަށް އެތައް ފަހަރަކު އީމެއިލްއިން ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެ މެއިލްތަކަށް އެދެވޭ ޖަވާބެއް ލިބިފައިނުވާކަން އޭނާ ފާހަގަ ކުރިއެވެ.

"ހެލްތުން ބުނަނީ އެލަވަންސް ޝީޓުގައި މައްސަލަ އުޅެނީ ކަމަށް. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ސާފު ކޮށްދީފައެއް ނުވޭ" އޭނާ ބުންޏެވެ.

އިހުތިޖާޖުގެ ބައިވެރިން ބުނީ ފްރަންޓްލައިންގައި މިދިޔަ އަހަރު މަސައްކަތް ކުރި އެންމެންނަށް ވެސް އިންސާފުވެރިކަމާ އެކު އިނާޔަތް ޖަމާވަންދެން އެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެޗްއީއޯސީގެ އަދި ހެލްތު މިނިސްޓްރީގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް