ނަރުހުގެ މަރު: ލަމްހާގެ ބަންދަށް 15 ދުވަސް ޖަހައިފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް ، މޭރީ މަރައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން ނަރުހުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހުގެ 19ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ބްރޭކަށް ގެއަށް ދިޔަތާ އިރުކޮޅެއް ފަހުން، މޭރީ ދަންޖެހުނީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވި އޭނާ މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.
މޭރީގެ މަރާ މެދު ފުރަތަމަ ބުނަމުން ދިޔައީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ވާތީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ވަނީ ހަދައިފައެވެ.
އައިޖީއެމްއެޗްގައި ހީމޯ ޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީގެ ހަށިގަނޑު ޕޯސްޓުމޯޓެމް ހެދުމަށް ފޮނުވައިފައި ވަނީ އިންޑިއާއަށެވެ. އޭނާގެ ހަށިގަނޑު އެ ޤައުމަށް ފޮނުވައިފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އަންހެން ކުއްޖާގެ ޒުވާން ޢުމުރުހާލާކުވެދިޔައީ ނުވސްނާާ އުޅެވުނު ގޮތުން ގޮތްނޭނގޭ މީހުންގެ ބަހަށް ހެއްލުނީތީ.