ޑރ. އަފްރާޝީމްގެ ހަނދާނީ މަރުކަޒު ހުޅުވައިފި

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު ( މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ ) މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ މިއަދު ހުޅުވައިދެއްވައިފިއެވެ.
އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ރ.އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދައިފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅައިފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
<img class="alignnone wp-image-131153 size-large" src="https://cdn.dhen.mv/wp-content/uploads/2021/12/photo_2021-12-17-21.17.46-1024x682.jpeg" alt="" width="1024" height="682" />
ރައީސް ޔާމީންގެ ވެރިކަމުގައި ، މި މިސްކިތް ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ. އެއީ 02 މާރިޗު 2017 ވަނަ ދުވަހުއެވެ. މިސްކިތް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފައި ވަނީ 02 މާރިޗު 2017 ގައެވެ. މަސައްކަތް ނިމިފައި ވަނީ 10 ޖަނަވަރީ 2020 ދުވަހުއެވެ.







ކޮމެންޓް