ލާމު އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފި

ލާމު އަތޮޅުގެ ހުރިހާ ރަށެއްގެ ޒުވާނުން ބައިވެރިކޮށްގެން، މައުލޫމާތު ދިނުމުގެ ސެޝަންތަކެއް، ނޭޝަނަލް ކައުޓާ ޓެރެރިޒަމް ސެންޓަރާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންގޮސްފިއެވެ.
ސައިކޮލޮޖީއާ ގުޅޭ ގޮތުން މައުލޫމާތު ދެނީ. ފޮޓޯ: ޝުޖާ[/caption]
މިސެޝަންތަކުގައި، ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ޒުވާނުންނަށް މައުލޫމާތު ދީފައެވެ. ޒުވާނުން ހަރުކަށި ފިކުރުގެ ތެރެއަށް ވަންނަން ދިމާވާ ސަބަބުތަކާއި، މިކަމުގެ ނުރައްކާތެރިކަމާއި، ހަރުކަށި ފިކުރުން ދުރުވުމަށް ޒުވާނުންނަށް އަދާކުރެވޭނެ ދައުރާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
[caption id="attachment_131187" align="alignnone" width="1024"]
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ޝުޖާ[/caption]
މިސެޝަންތަކުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވަނީ ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވުން ހުއްޓުވުމަށް ފަރުދުން ގުޅިގެން ކުރެވިދާނެ ކަންކަމަށް ބައްލަވައިލައްވައި ވާހަކަދައްކަވައިފައެވެ. އަދި ހަރުކަށި ފިކުރުން ސަލާމަތްވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ ޒުވާނުންކަން ފާހަގަކުރައްވައި، މިކަމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ވެސް މިސެޝަންތަކުގެ ތެރެއިން ހޯއްދަވައިފައިވެއެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާއި މިކަމަށް ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ހައްލު ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.
ޔޫތު މިނިސްޓްރީން ލ.އަތޮޅުގައި ކުރިއަށް ގެންދާ "ހަފްތާރެސް" ޕްރޮގުރާމުގެ ތެެރެއިން، މިއަދު ފޮނަދޫގައި އިޖުތިމާއީ މަރުކަޒުގައި ބޭއްވި މި ސެޝަންތަކުގައި ޒުވާނުންނަށް އަމާޒުކޮށްގެން ނަފްސަނީ ދުޅަހެޔޮކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ދީފައެވެ.
ލ.އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަކުން ޖުމްލަ 42 ޒުވާނުންނާ އެކު، ކުރިއަށް ދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ކަމާގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ. މިއަދުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުންނެވެ. އެގޮތުން ޒުވާން އުމުރުގައި މީހާއަށް ނަފްސާނީ ގޮތުން ކުރިމަތިވާ އެކި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. [caption id="attachment_131186" align="alignnone" width="1024"]

ކޮމެންޓް