ކޮވިޑް-19 ބަލިމަޑުކަން 2024ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާ ކުރެވޭ: ފައިޒާ
ކޮވިޑް-19ގެ ބަލިމަޑުކަން 2024ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކޮވިޑް-19 އިން ދިފާއުވުމަށް ފުރަތަމަ ވެކްސިން އުފެއްދި ކުންފުނި ފައިޒާ އިން ބުނެފިއެވެ.
ފައިޒާގެ ޗީފް ސައިންޓިފިކް އޮފިސަރ މިކާއީލް ޑޮލްސްޓެން އިންވެސްޓަރުންނަށް ދެއްވި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވީ، އެ ކުންފުނިން ލަފާކުރާ ގޮތުގައި ބައެއް ސަރަޙައްދުތަކުން ކުރިއަށް އޮތް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވޭދަނަތައް ޕެންޑަމިކް ލެވެލްތަކުގައި އަދިވެސް ފެންނާނެކަމަށެވެ. އެހެން ގައުމުތަކުން އެ މުއްދަތުގެ ތެރޭގައި ލޯ، މެނޭޖަބަލް ކޭސްލޯޑްސް ހުންނަ "އިންޑެމިކް"އަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ފައިޒާގެ އައު އަންދާޒާތައް އައިސްފައި ވަނީ މިދިޔަ މަހު އޮމިކްރޮން ވޭރިއަންޓް އުފެދުމާ ގުޅިގެންނެވެ. އޮމިކްރޮން ވޭރިއަންޓްގައި ވައިރަސްގެ އަސްލު ވާޝަންއާ އަޅައިބަލާއިރު 50އަށް ވުރެ ގިނަ މިއުޓޭޝަން ހުރި ކަމަށް ފައިޒަރއިން ބުނެއެވެ. މިކަމުގެ ސަބަބުން އިންފެކްޝަނާ ދެކޮޅަށް ވެކްސިންގެ ދެ ޑޯޒްގެ އިފެކްޓިވްކަން ކުޑަވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އޮމިކްރޮން ވޭރިއަންޓްގެ ކުރިން، އެމެރިކާގެ އެންމެ އިސް ޑޮކްޓަރު އެންތަނީ ފައުޗީ ލަފާކުރައްވާ ގޮތުގައި، 2022ވަނަ އަހަރު އެމެރިކާގައި މި ބަލިމަޑުކަން ނިމުމަކަށް އަންނާނެއެވެ.
ކޮވިޑް-19ގެ އެންމެ ޓްރާންސްމިސިބަލް އޮމިކްރޮން ވޭރިއަންޓް، 77އަށް ވުރެ ގިނަ ގައުމުން ފެނިފައިވެއެވެ.