ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝެއިހް ހަސީނާ ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން އިތުރު ޖަލްސާއެއް މާދަމާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހަވަނަ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Ads by Sosun Fihaara

މާދަމާގެ ޖަލްސާގައި އޮތީ މައިގަނޑު ދެކަމެކެވެ. އެގޮތުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލައަށް މާދަމާ ގޮތެއް ނިންމާނެއެވެ.

ދެވަނަ ކަމަކަށް އެޖެންޑާ ކޮށްފައި ވަނީ ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމުގައި ވޯޓަށް އެހުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އޮންނާނީ ހެނދުނު 11:00 ގައެވެ.

މިމަހުގެ 16 ވަނަ ދުވަހު ވެސް ވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ. އެޖަލްސާގައި ކުރިއަށް ދިޔައީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 4 މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ، ކޮމިޓީން ފޮނުވާފައިވާތީ އެކަން މަޖިލީހަށް ބަލައިގަނެ އެނިންމުން ދިރާސާ ކުރުމަށް އަލުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމެވެ.

ކޮމިޓީން އެދުވަހު ވަނީ އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީ ވާން 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮމިޓީން ދިރާސާކޮށް އެކުލަވައިލާ ރިޕޯޓު މަޖިލީހަށް ފޮނުވާނެއެވެ.

Ads by Ooredoo
  1. ދިވެހި ރައްޔިތުން

    އެކަމަނާ ގެ ރައްޔިތުން މި ގައުމުގަ ވަރަށްގިނަ ވީމާ ތީ ނުލާހިކު ރަނގަޅުކަމެއް އަދި އެމީހުންނަށް ބިންވެސްދީ ދިވެހިންނަށް އެމީހުން ހަދަންވި