ޚަބަރު

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްއިން ހުޅުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްއިން ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ، 5 ފެބްރުއަރީ 2022ގައެވެ. ބައި އިލެކްޝަންގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ޕީޕީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި ބައިވެރިވެވޭނީ، އެ ދެ ޕާޓީގެ މެންބަރެއްގެ ގޮތުގައި 2021 ޑިސެމްބަރު 20އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ.

ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ހިމެނޭ ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 26 ވަނަ ދުވަހުއެވެ. ޕްރައިމަރީގެ ވޯޓްލުން ދާއިރާގެ ރަށްތަކުގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!