Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަނގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ އުޅަނދު ހަދިޔާ ކުރަނީ

ބަނގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ އުޅަނދު ހަދިޔާ ކުރަނީ

ދެކުނު އޭޝިޔާގެ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން، ބަނގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ ވެހިކަލް ހަދިޔާކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބޮޑުވަޒީރު ޝައިޚް ޙަސީނާ މާލެއަށް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ދެކުނު އޭޝިއާގެ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ބަނގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރާނެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މި ދަތުރުފުޅުގައި ތައުލީމާއި ސިއްހަތާއި ކުޅިވަރާއި އަދި ޒުވާނުންނާ ގުޅޭ ދާއިރާތަކުން ވެސް އެއްބަސްވުންތަކުގައި ސޮއި ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު ކޮލިފައިޑް ހެލްތު ޕްރޮފެޝަނަލްސް ރެކްރޫޓް ކުރުމާ ބެހޭ އެއްބަސްވުން އައު ކުރާނެއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން، ހޮޓެލް ޖެންގައި ބަނގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޝައިޚް ހަސީނާ މަޖިލީހުގައި ތަޤްރީރު ކުރައްވާނީ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް