ލައިފްސްޓައިލް

ޓެލެ-ޓޭސްޓު ޓީވީ، ޓީވީއިން ރަހަ ވެސް ގެނެސްދޭ ތަފާތު އުފެއްދުމެއް

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޓީޓީޓީވީއިން ރަހަ ބަލައިލަނީ

ކާބޯތަކެތީގެ ރަހަތައް ނަކަލުކޮށްލެވޭ ޕްރޮޓޯޓައިޕް ޓީވީ ސްކްރީނެއް ޖަޕާނުގެ ޕްރޮފެސަރަކު އުފައްދައިފިއެވެ.

Ads by STELCO

ޓޭސްޓް ދަ ޓީވީ (ޓީޓީޓީވީ) ނަމަކަށް ކިޔާ މި އުފެއްދުމުގައި 10 ފްލޭވާ ކެނިސްޓާސްގެ ކަރޯސެލްއެއް އެކުލެވިފައިވެއެވެ. މި ބޭނުންކޮށްގެން ވަކި ކާއެއްޗެއްގެ ރަހަތައް ހަދައިލެވެއެވެ. އެއަށް ފަހު ބަލަންދާ މީހުންނަށް ރަހަ ދެއްކުމަށް ޓަކައި ފްލެޓް ޓީވީ ސްކްރީނެއްގެ މައްޗަށް ސާފުތާހިރު ފިލްމެއްގައި ރޯލުކޮށްލައެވެ.

މީޖީ ޔުނިވާސިޓީގެ ޕްރޮފެސަރު ހޯމީ މިޔަޝިތާ ބުނި ގޮތުގައި ކޮވިޑް-19 ހާލަތުގައި، މި ބާވަތުގެ ޓެކްނޮލޮޖީގެ ސަބަބުން ބޭރު ދުނިޔެއާ މީހުން ގުޅުވައިދީ މުއާމަލާތް ކުރާ ގޮތް އިތުރަށް ފުރިހަމަ ކޮށްދެވިދާނެއެވެ. މި އުފެއްދުމުގެ އަމާޒަކީ ގޭގައި ތިބެގެން ވެސް ދުނިޔޭގެ އަނެއް ފަރާތުގައި ހުންނަ ރެސްޓޯރަންޓަކުން ކެއުން ފަދަ ކަމެއްގެ ތަޖުރިބާ މީހުންނަށް ކުރެވޭނެ ގޮތް ހެދުންކަމަށް އޭނާ ބުނެފައިވެއެވެ.

މިޔަޝީތާ މަސައްކަތް ކުރަނީ 30 ވަރަކަށް ދަރިވަރުންގެ ޓީމަކާއެކުގައެވެ. މި ޓީމުން ވަނީ ރަހަޔާ ގުޅުން ހުރި ތަފާތު ވަސީލަތްތައް އުފައްދައިފައެވެ، އޭގެ ތެރޭގައި ކާތަކެތީގެ ރަހަތައް އިތުރަށް ފުރިހަމަކޮށްދޭ އުލެއް ވެސް ހިމެނެއެވެ. އޭނާ ބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓީޓީޓީވީ ޕްރޮޓޯޓައިޕް ބިނާކުރީ އޭނާ އަމިއްލައަށް ކަމަށާއި ކޮމާޝަލް ވާޝަނެއް ހެދުމަށް ގާތްގަނޑަކަށް 100،000 ޔެން (875 ޑޮލަރު) ޚަރަދުވާނެ ކަމަށެވެ.

މީޖީގެ ދަރިވަރެއް ކަމަށްވާ ޔުކީ ހައު، 22، ސްކްރީން ކައިރީ ހުރެގެން ބުނީ ނޫސްވެރިންނަށް ޓީޓީޓީވީ ދައްކައިލުމުގެ ގޮތުން އޭނާ ބޭނުން ވަނީ ފޮނި ޗޮކުލެޓު ރަހަ ބަލާލުމަށްކަމަށެވެ.

ޔުކީ ހައު އެކި ފަހަރުމަތިން ބުނުމުން އޮޓޮމޭޓެޑް ވޮއިސްއަކުން އޯޑަރު ތަކުރާރުކޮށް ފްލޭވަރު ޖެޓްތަކުން ޕްލާސްޓިކް ޝީޓެއްގެ މަތީގައި ސާމްޕަލެއް ސްޕްރޭ ކޮށްލައެވެ. އަދި ރަހަ ބެލުމަށް ފަހު އެއީ މިލްކް ޗޮކްލެޓް ކަހަލަ އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

"އެއީ ޗޮކްލެޓް ސޯސް އެއް ކަހަލަ މީރު އެއްޗެއް."

މި އުފެއްދުން ބޭނުންކުރެވޭ ކަންކަމަށް ބަލާއިރު ދުރުގައި ތިބެގެން ކައްކަން ދަސްކުރުމާއި، ގޭމްތަކާއި ކުއިޒުތަކުގެ ރަހަދެއްކުން ހިމެނޭކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ ސްޕްރޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޓޯސްޓްކޮށްފައިވާ ޕާންފޮއްޗަކަށް ޕިއްޒާ ނުވަތަ ޗޮކްލެޓް ރަހަ ލެވޭނެ ފަދަ ޑިވައިސްއެއް އުފެއްދުމާ ބެހޭ ގޮތުން ވެސް މިޔަޝީތާ ދަނީ ކުންފުނިތަކާ ވާހަކަ ދައްކަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!