ބޮލީވުޑް މުނިފޫހިފިލުވުން

އިމްތިހާން ކަރުދާހެއްގައި ކަރީނާގެ ދަރިފުޅުގެ ނަން އަހައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ ކަރީނާ ކަޕޫރް ޚާންއާ ސައިފް އަލީ ޚާންގެ ދަރިފުޅުގެ ނަމަކީ ކޮބައިތޯ، އިންޑިއާގެ ސްކޫލެއްގެ އިމްތިހާނު ކަރުދާހުގައި ސުވާލުކޮށްފައި އޮތުމުން، ގިނަ އަދަދެއްގެ ބެލެނިވެރިން ނުރުހުން ފާޅު ކޮށްފިއެވެ.

Ads by Hajj Corporation

މަދްޔަ ޕްރަދޭޝްގެ ޚާންދްވާ ޑިސްޓްރިކްޓްގައި ހުންނަ އެކެޑެމިކް ހައިޓްސް ޕަބްލިކް ސްކޫލުން، މިދިޔަ ބުދަ ދުވަހު ބޭއްވި އިމްތިހާނެއްގައި އެ ސްކޫލުގެ ގްރޭޑް 6ގެ ދަރިވަރުން ތަކަކަށް ދިން ސުވާލު ކަރުދާހެއްގައި އަހައިފައި ވަނީ ކަރީނާއާއި ސައިފްގެ ދަރިފުޅަށް ކިޔަނީ ކޮން ނަމެއްތޯއެވެ.

ތާރީޚާ ބެހޭ ގޮތުން ނެގުނު އިމްތިހާނެއްގައި އެފަދަ ސުވާލެއް ކޮށްފައި އޮތުމުން ބެލެނިވެރިންނާއި އެ ސްކޫލުގެ ޕޭރެންޓް ބޯޑުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެކަމާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ.

އެކަމާ ގުޅިގެން ޚާންދްވާ ޑިސްޓްރިކްޓް އޮފިސަރ (ޑީއީއޯ) ސަންޖީވް ބަލެރާއޯ ބުނީ، މިކަން އެ އިދާރާގެ ސަމާލުކަމަށް މިދިޔަ ބުރާސްފަތި ދުވަހު އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ ސްކޫލަށް މިހާރު އެންގުމެއް ފޮނުވާފައިވާނެ ކަމަށެވެ. ސްކޫލާ މެދު ފިޔަވަޅު އަޅަން އެނގޭނީ އެ އެންގުމަށް ސްކޫލުން ޖަވާބުދާރީވާ ގޮތަކަށް ބަލާފައި ކަމަށް ވެސް ސަންޖީވް ބުންޏެވެ.

އެ ސްކޫލްގެ ޕޭރެންޓް ބޮޑީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަނީޝް އަރްޖާރޭ ބުނީ ކަރީނާއާއި ސައިފްގެ ދޮށީ ދަރިފުޅަށް ކިޔަނީ ތައިމޫރް ކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި "ތައިމޫރް" އެ ނަމަކީ އިންޑިއާގައި ކުރިން އުޅުނު ވަރަށް ނުފޫޒު ގަދަ ހަނގުރާމަވެރިއަކަށް ކިޔުނު ނަމެއްކަން ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް މިފަދައިން އިމްތިހާނު ކަރުދާހެއްގައި އެ ސުވާލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއްވެސް ބައެއްގެ ދަރިންނާ އެގޮތަށް ބެހި، މައިންބަފައިންގެ ޝުއޫރުތަކަށް ވިސްނައިނުލުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ވެސް އަނީޝް ބުންޏެވެ.

  1. ގާނިމް

    ރާއޖެއަށްވެސް މިކަން ޖެހޭނެ ވަރަށް އަވަހަށް. މޯދީ އެންމެ ފަހުން ގެރިއަަށް ކާންދިނީ ކޮންއިރަކުންތޯ ސޯޝަލް ސްޓަޑިޒް ގަ ސުވާލުކުރާނެ

    • ޙަސަނު

      ރާއްޖެއަށް އޮތީޖެހިނިމިފަ. ހުރިހާނޫސްތަކެއްގަ އެމީހުންގެ ވާހަކަ ގެނެސްދޭ. އެއިންމީހަކު ބަނޑު ބޮޑުވިއަސް އެވާހަކަވެސް ލިޔަނީ. ގޭގޭގަ ބަލަނީ އެޑްރާމާތަކާ އެފިލްމް. ލަވަކިޔަނީ އެރާގުތަކަށް. އެމީހުން ބުނެގެންތަ އަހަރުމެން މިކަން މިކުރަނީ. ޢެމީހުން ޑޮކްޓަރންނަށް ތިބީ. ޢެމީހުންޓީޗަރުންނަށްތިބީ. އެމީހުން ޓެކްނިޝަނުންނަށްތިބީ. ޢެމީހުން އިނޖިނޭރުންނަށްތިބީ. ޕްރައވެޓް ސެކްޓަރ ގެ ސީނިއަރ ވަޒީފާގަ ތިބީ އެމީހުން. ދެން….