Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 104،611 މީހުން އެ ގައުމުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ރެކޯޑް އަދަދެއް ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

ފްރާންސްގެ ޕަބްލިކް ހެލްތު އޭޖެންސީގެ ބުނީ އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޮންއާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކޮވިޑް-19ގެ ރައްކާތެރިކަމުގެ އައު ފިޔަވަޅުތަކާ ބެހޭ ގޮތުން މިހާރު މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ ގައުމުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ 50،000 މީހުންނެވެ.

ކޮވިޑް ޖެހިގެން މިހައިތަނަށް 122،546 މީހުން ފްރާންސުން ވަނީ މަރުވެފައެވެ. އެ ގައުމުގެ އާބާދީގެ 76.5 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް