ވިޔަފާރި

7،000 ފަތުރުވެރިންނާ އެކު، އަނެއްކާ ވެސް ރިކޯޑެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޯޑަރު ހުޅުވައިލިފަހުން މިއަދު ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވައިލިފަހުން، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ އައު ރިކޯޑެއް އިއްޔެ ހަދައިފައިވާކަމަށެވެ.

އެގޮތުން މިއަދު 7،098އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީއަށް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އޭގެ 110 ދުވަސްފަހުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލައިފައި ވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،702،887 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއިން މިއަހަރު ކަނޑައެޅި އަމާޒު ހާސިލްވެފައިވާ ކަމަށާއި މި އަހަރު އަމާޒު ކަނޑައަޅައިފައި އޮތީި އެއް މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ކަމަށެވެ. އެ އަމާޒު 29 އޮކްޓޯބަރގައި ހާސިލްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. މިއަހަރުގެ މިހައިތަނަށް އިންޑިއާއިން ރާއްޖެއަށް 286،434 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!