Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިއު ޖެކްމަން ކޮވިޑަށް ފައްސިވެއްޖެ

ހިއު ޖެކްމަން ކޮވިޑަށް ފައްސިވެއްޖެ

އެކްޓަރު ހިއު ޖެކްމަން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ހިއު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާ ގޮތުގައި އޭނާގެ ކަރަށް ތަދުވުމުގެ އިތުރުން ރޯގާ ފަދަ އާދައިގެ އަލާމާތްތައް ހުރި ކަމަށާއި، އޭނާ ރަނގަޅުވެ ކްލިއަރެންސް ލިބުނުހައި އަވަހަކަށް އޭނާ އެނބުރި ސްޓޭޖަށް އަރާނެ ކަމަށް ބުނެފައިވެއެވެ. ޖެކްމަން ލީޑުން ފެނިގެންދާ މިއުޒިކް މޭންގެ ހުރިހާ ޕާފޯމެންސްތަކެއް މި ވަގުތު ވަނީ ކެންސަލްކޮށްފައެވެ

"އަހަރެން ބޭނުމީ އަހަރެންގެ ފަރާތުން މި ހަބަރު އެންމެނަށް ލިބުމަށް. އަހަރެން ކޮވިޑަށް ފައްސި ވެއްޖެ. ވަރަށް އާދައިގެ އަލާމާތްތަކެއް ފެންނަނީ އަދި، މިހިރީ  ވީހާ ވެސް އަވަހަށް ސްޓޭޖަށް އެރުމުގެ އިންތިޒާރުގައި، އުފާވެރި އަދި ދުޅަހެޔޮ އައު އަހަރެއްގެ ތަހުނިޔާ ފޮނުވަން."ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގެ ކެޕްޝަންގައި ހިއު ލިޔެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

ހިއު ޖެކްމަން ކޮވިޑަށް ފައްސިވީ އޭނާގެ ކޯ-ސްޓާ ސަޓަން ފޮސްޓާ މިދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވެފައި ވަނިކޮށެވެ. ފޮސްޓާ ފައްސިވުމުން އޭނާގެ ބަދަލުގައި އަންޑަސްޓަޑީ ދިޔައީ މަސައްކަތް ކުރަމުންނެވެ. ފޮސްޓާ އެނބުރި އަންނާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުއެވެ. ޖެކްމަން އެނބުރި އަންނާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ 6ވަނަ ދުވަހުއެވެ.

އޭނާ މިހާރު މަސަތްކަތްކުރަމުން އަންނަ މިއުޒިކް މޭން ނިކުތުމަށް ހަމަޖެހިފައި ވަނީ 2022ވަނަ އަހަރުގެ ފެބްރުއަރީމަހުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް