Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނައްސި ޕީސީއާރް ނަތީޖާއާ އެކު މާފުށްޓަށް ދެވޭނެ

ނައްސި ޕީސީއާރް ނަތީޖާއާ އެކު މާފުށްޓަށް ދެވޭނެ

ކޮވިޑް-19 ފެތުރުމާ ގުޅިގެން މޮނީޓަރިންއަށް މިއަދު ލައިފައިވާ ކ. މާފުށްޓަށް، ނައްސި ޕީސީއާރް ނަތީޖާއަކާ އެކު އެރޭނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާފުށްޓަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ވެސް، ޗުއްޓީ ހޭދަ ކޮށްލުމަށް ޓަކައި ދަތުރުކުރާ ރަށެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، މިވަގުތު ވެސް އެރަށުގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުރިފައެވެ.

Advertisement
HDC — Sidebar (box)

"ދެން"އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލު ރައީސް ހަސަން ސޮލާހް ވިދާޅުވީ މޮނީޓަރިންއަށްލުމުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ރަށް މޮނީޓަރިންއަށް ލުމާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން. މޮނީޓަރިންއަށްލި ކަމުގައި ވިޔަސް، 90% ވެކްސިން ކަވަރޭޖް ހުރި ރަށްތަކަށް ދެވޭނެ ބައެއް ލުއިތައް އުސޫލުގައި ވެސް ވޭ. މާފުށްޓަށް އަރާ ފޭބުން މަނަލެއް ނުކުރޭ" ސޮލާހް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު މާފުށި ކޮނީޓަރިންއަށް ލައިފައިވީ ނަމަވެސް، އެ އެޖެންސީގެ އުސޫލުތައް ބުނާ ގޮތުގައި އެރަށަކީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެއްކަމުން ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން، ނައްސި ޕީސާއާރަކާ ނުލައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ދެވޭނެއެވެ. އަދި އެފަދަ ފަތުރުވެރިން ޗެކިން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް