ބޮލީވުޑް

ސަލްމާން ޚާންގެ އުފަންދުވަހު ލިބުނު ހަދިޔާތައް

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ސަލްމާން ޚާން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އޭނާގެ 56 ވަނަ އުފަންދުވަސް އާއިލާއާއި ރަހުމަތްތެރިންނާ އެކު ފާހަގަކުރީ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު އޭނާގެ ޕަންވެލް ފާމްހައުސްގައެވެ. އޭނާގެ އާއިލާއާއި ރަހުމަތްތެރިންނާއި ކޯ ސްޓާރުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލްމާނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. އަދި އުފަންދުވަހުގެ ޕާޓީގައި އޭނާއަށް ވަނީ އަގުހުރި އެތައް ހަދިޔާތަކެއް ވެސް ލިބިފައެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާ ކައިފް ވަނީ ސަލްމާނަށް 2-3 މިލިއަން ރުޕީސްގެ އަގުހުރި ރަން ބްރޭސްލެޓެއް ހަދިޔާކޮށްފައެވެ. އެކްޓަރުގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސަންޖޭދަތު ވަނީ ސަލްމާނަށް އެތައް މިލިއަން ރުޕީސްގެ އަގުހުރި ޑައިމަންޑް ބްރޭސްލެޓެއް ހަދިޔާކޮށްފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރު ވެސް ވަނީ ސަލްމާނަށް 27-29 މިލިއަން ރުޕީސްގެ އަގުހުރި ލެދަރ ޖެކެޓެއް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ސަލްމާންއަށް އާއިލާގެ މެމްބަރުން ވަނީ އަގުހުރި ހަދިޔާތަކެއް ވެސް ދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ކޮއްކޮ އަރްޕިތާ ވަނީ އޭނާއަށް 15-17 މިލިއަން ރުޕީސްގެ އަގުހުރި ރޮލެކްސް ގަޑިއެއް ހަދިޔާކޮށްފައެވެ. އޭނާގެ ބޭބެއިން ކަމަށްވާ ސޮހެއިލް ޚާންއާއި އަރްބާޒް ޚާން ވަނީ އޭނާއަށް 23-25 މިލިއަން ރުޕީސްގެ ބީއެމްޑަބްލިއުއަކާއި 2-3 ކްރޯޑު ރުޕީސްގެ އައުޑީ އާރްއެސްއެއް ހަދިޔާކޮށްފައެވެ. އަރްޕިތާ ޚާންގެ ފިރިމީހާ އަދި ވަނީ އޭނާއަށް 75،000 ރުޕީސްގެ އަގުހުރި ރަން ޗެއިނެއް ހަދިޔާކޮށްފައެވެ.އަދި ރިޕޯޓްތައް ބުނާގޮތުން ސަލްމާންގެ ބައްޕަ ސާލިމް ޚާން ވަނީ އޭނާގެ ދަރިފުޅަށް ޖޫހޫގައި 12-13 ކްރޯޑު ރުޕީސްގެ އަގުހުރި އެޕާޓްމަންޓެއް ވެސް ހަދިޔާކޮށްފައެވެ.

ސަލްމާން ދާދި ފަހުން ވަނީ އޭނާގެ ޕަންވެލް ފާމްހައުސްގެ ބޭރުގައި އޭނާގެ ކުރިއަށް ރޭވިފައިވާ ޕްރޮޖެކްޓުތަކާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކައި، ވަރަށް ޝައުގުވެރި އަދި ފޯރިގަދަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެ ގޮތުން އޭނާ ވަނީ ބަޖްރަންގީ ބައިޖާންގެ ސީކުއެލްގެ ނަން ވެސް ހާމަކޮށްފައެވެ.

Ads by Ooredoo
  1. އައިޝް

    އަހަރެންގެ އުފަން ދުވަހު ފިރިމީހާގެ ފަރާތުން ވެސް ހަދިޔާ އެއް ލިބުނީ ކައިވެނީގެ ކުރީ ކޮޅު މިހާރު ކައިވެންނަށް 25 އަހަރު. ވިށް ވެސް ކޮށްނުލާ ތާ ގޮވައިގެން ޑިނަރ އަކަށް ވެސް ޖައްސާލަން ހިތައް ވެސް ނާރާ.