ޚަބަރު

ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީގެ ގޮނޑިއެއް، އެހެން ޕާޓީތަކުން ވާދަ ކުރަން ލަދު ގަންނަން ޖެހޭ: އިކްރާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ ފަސް އަހަރަށް ރައްޔިތުން އެމްޑީޕީއަށް ދީފައިވާ ގޮނޑިއެއް ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑުއާއި ފޯކައިދޫގެ އިތުރުން މަރޮށްޓެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީއިން ބައިވެރިވެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވިދާޅުވީ، އެމްޑީޕީއާ ވާދަ ކުރަން އެހެން ޕާޓީތަކުން ނިކުތުމަކީ ހަޑި ކަމެއް ކަމަށެވެ. އަދި މި އިންތިޚާބު ފަސޭހަ ކަމާއެކު، އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޕާޓީ ޕޮލިޓިކްސްގައި މި ގޮނޑިއަކީ އެމްޑީޕީއަށް ފަސް އަހަރަށް ދެވިފައިވާ ގޮނޑިއެއް. އެމްޕީ ނިޔާވެގެން ބައި-އިލެކްޝަނެއް ބާއްވާއިރު، އެމްޑީޕީއާ ވާދަ ކުރަން ޕާޓީތަކުން ކުރިމަތިލުމަކީ ހަޑިކަމެއް. އަދި ކުރިމަތި ލިޔަސް އިންޝާﷲ މި ބައި-އިލެކްޝަން ފަސޭހަ ކަމާއެކު އެމްޑިޕީއިން ކާމިޔާބު ކުރާނެ" އިކްރާމް ވިދާޅުވިއެވެ.

ރޭ އިލެކްޝަން ކޮމިޝަނުން ވަނީ، އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ގުރު ނަގައިފައެވެ. ކެނޑިޑޭޓް ނަންބަރު އެކެއް ލިބިލެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ދެވަނަ ނަންބަރު ލިބިލެއްވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށެެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ލިބިލެއްވީ ކެނޑިޑޭޓް ނަންބަރު ތިނެކެވެ.

Ads by HDC
  1. ސާއިރާ

    އުނގޫފާރު ދާއިރާއަށް އަފުރާސީމު އަވަހާރަ ވީމަ އެމްޑީޕީ އިން ކުރިމަތިލީ ދުވަހު ކަލޭ ލަދެއް ނުގަނޭތަ؟
    މި ގޮނޑި ނަގާނީ މިފަހަރު އެމްއެންޕީ ހަންނާނު.

  2. ޒަކީ

    މިފަދަ މީހުންގެ ބުއްދި ހުރީ ސަލާމަތުންތޯ ބަލަންޖެހޭ! މީނަގެ ގޮނޑިއާ މެދު މިހާރު ސުވާލު އުފެއްދިދާނެ!

  3. ލުގުމާން

    މިކަހަލަ ީހުން މަޖިލީހުގަ ރައްޔެތުން ތަމްސީލް ކުރާނީ އަމާބުނީތީފަރައް ދާއުސޫލުން

  4. ކިނބޫ

    މިކަހަލަ ގުންޑާއިން، ޑިމޮކްރަސީއޭ ކިޔައިގެން އަނގަ ގޅނ ވަރަށް ހަޑި.

  5. ދޮންބެ

    ތި ނިސްބަތްވާ ޕާޓީއަކީވެސް ކޮހުން ގިނަ، މަަގުމަތީ އެނބުރޭ ވިގަނިތަކެއް.. ތިތަނުން ނުނުކުންނާނެ ކޮހެއް ނޫނިއްޔާ.. ތިއީ އަޅުކަަން ކުރުމުގައި ޕާޓީ ލީޑަރުކިޔާ ގުރޫޕް..

  6. ޢެންޑީއޭ

    މިގޮލާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމަށް އެންޑީއޭގެ ވަގުތީ ސީއީއޯ ބާޣީ ރަމީޒު ނުވަތަ ހައިނގިލި ރަމީޒުއަށް އެންގިން

  7. ތިބޭފުޅާގެ ގޮޑިވެސް މިހާރު މިވަނީ ނަގަންޖެހިފައި ކޮސްގޮވާތީ !