ޚަބަރު

!ތުރުކީގައި ކޮވިޑްގެ ހާލަތު ގޯސްވަނީ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

އޮމިކްރޮން ވޭރިއަންޓާ އެކު ތުރުކީގައި ކޮވިޑް19ގެ ވޭދަނަތައް އިތުރުވެ ކޮވިޑުގެ ހާލަތު ގޯސްވާން ފަށައިފިއެވެ.

Ads by Sosun Fihaara

އެ ޤައުމުގެ ކޮވިޑް19ގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލައިލާއިރު ހުކުރު ދުވަހު އެކަނި ވެސް 40،786 މީހުން ފައްސިވެގެން ރިޕޯޓްކޮށްފައި ވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކުރެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ތުރުކީގައި ދުވާލެއްގެ މައްޗައް ކޮވިޑަށް ފައްސިވެގެން އެންމެ ގިނަ މީހުން ރިޕޯޓު ކޮށްފައި ވަނީ ވެސް ހުކުރުދުވަހުއެވެ.

ތުރުކީގައި ހަލުވިކަމާ އެކު އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާކަމުގެ އިންޒާރާ އެކު މި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާއިރު އެކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެތިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައު އަހަރު ފާހަގަކުރުމުގައި އެއްވެސް ފިޔަވަޅެއް އަޅައިފައި ނެތް ނަމަވެސް ފިޔަވަޅު އަޅާފައިވާ ކަންކަމަށް ބަލައިގެން އައު އަހަރު ފާހަގަ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓުވީޓް ވެސް ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ ދެ ހަފްތާއެއްހައި ދުވަހަށް ބަލާއިރު ތުރުކީގައި ކޮވިޑް 19ގެ ވޭދަނަތައް މިވަނީ ދެގުނަ އިތުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!