ބައިޑަންއާއި ޕުޓިން ޔޫކްރެއިންގެ މައްސަލައިގައި ދެވަނަ ފަހަރަށް މަޝްވަރާކުރައްވައިފި
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިޔާގެ ރައީސް ލަޑްމިއަރ ޕުޓިން ޔޫކްރެއިންގެ މައްސަލައިގައި މަޝްވަރާ ކުރައްވައިފިއެވެ.
މިދެ ބޭފުޅުން މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފޯނުންނެވެ. މި މަޝްވަރާގައި 50 މިނިޓް ހޭދަ ކުރައްވައިފައި ވެއެވެ.މިއީ ޑިސެމްބަރުގައި ދެ ޤައުމުގެ ރައީސުން ފޯނުން ވާހަކަ ދެއްކެވި ދެވަނަ ފަހަރެވެ. މި މަޝްވަރާތަކުގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރި ނަމަވެސް ބެލެވޭ ގޮތުގައި މިމައްސަލައާ ގުޅޭ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ބާއްވާ މަޝްވަރާތަކާ އެކު މަޝްރަހު ފިނިވެގެންދާނެއެވެ.
ފޯނުން ކުރިއަށް ގެންގޮސްފައިވާ މި މަޝްވަރާތަކަކީ ރަޝިޔާގެ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދިޔަ މަޝްވަރާއެކެވެ.މި މަޝްވަރާގައި ބައިޑަން ވަނީ ޔޫކްރެއިންގެ ކައިރި ހިސާބުތަކުގައި ތިބި ރަޝިޔާ ސިފައިންގެ އަދަދު މަދުކޮށް ހަރަކާތްތައް މަދުކުރުމަށް އެދިވަޑައިގަންނަވައިފައެވެ. އެއާ އެކު ޕުޓިން ވަނީ ވޮޝިންގޓަންއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެމުން ގެންދާ ދިޔުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވާނެކަމަށް ވިދާޅުވެފައެވެ.
މި މަޝްވަރާތަކަކީ ކުރިޔަށް އެޅިގެން ދިޔަ ރަނގަޅު ފިޔަވަޅެއް ކަމުގައި ރަޝިޔާގެ ރައީސް އޮފީހުން ބުނެފައިވާއިރު ވައިޓްހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވެފައި ވަނީ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވުމުގެ ބަދަލުގައި ރަނގަޅުވެގެންދާނޭ ކަމަށެވެ.
ޖެނުއަރީ މަހުގެ ތެރޭގައި ވެސް ރަޝިޔާ އަދި އެމެރިކާއާ ދެމެދު ސެކިއުރިޓީ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.