Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނައިޓް މާކެޓު ހުއްޓައިލާން އެޗްޕީއޭއިން އަންގައިފި

ނައިޓް މާކެޓު ހުއްޓައިލާން އެޗްޕީއޭއިން އަންގައިފި

މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މާލޭގައި މިހާރު ކުރިޔަށްދާ ނައިޓް މާކެޓު ހުއްޓައިލާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

”ދެން”އަށް މަޢުލޫމާތު ދެމުން އެޗްޕީއޭއިން ވިދާޅުވީ ކޮވިޑް-19އަށް ފައްސިވާ މީހުން ގިނަވާތީ ނައިޓް މާކެޓު ހުއްޓައިލާން މާލެ ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން އެ ކައުންސިލުން ހުއްޓައިލާން އަންގަވާފައިވާތީ، މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑް-19 ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރޭނެ ދުވަސްތަކެއް ކަމަށް ދާދި ފަހުން ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ގޮވައިލައްވައިފައެވެ.

ކޮވިޑްގެ ނަމްބަރުތައް އިތުރުވަމުން ދިޔުމުގެ އެއް ސަބަބަކީ އައު އަހަރާ ދިމާކޮށް ބޭއްވި ހަރަކާތްތައް ކަމަށް ބުނެއެވެ. އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ބޭއްވި ޝޯއަށް 11،000އަށްވުރެ ގިނަ މީހުން ވަނީ ޖަމާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ބައްޔަށް ފައްސިވާ އަދަދުތައް ދަނީ ގިނަވަމުންނެވެ. އެގޮތުން ފައްސިވާ މީހުންގެ އަދަދު 200އަށް ވުރެ މަތީގައި އުޅޭތާ މިހާރު ދެ ދުވަސް ވެއްޖެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް