ޚަބަރު

ބައި އިލެކްޝަންގައި ވޯޓްލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތުދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓްދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

ކޮމަންޑޫ ދާއިރާގެ ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހުއެވެެ. އެ ދުވަހު ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތަކާ އެކު އަނެއްކާ ވެސް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވައިލައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުންގެ ލިސްޓް ފައިނަލް ކުރުމަށް ޓަކައި ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 18ވަނަ ދުވަހުގެ ހެނދުނު 08:00އިން މެންދުރު ފަހު 3:00ގެ ނިޔަލަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓްލުމަށް ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީން މުހައްމަދު ރާޝިދާއި، ޕީޕީއެމްއިން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލްހަންނާން އިދުރީހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!