Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޮމިކްރޯންއާ އެކު ނުރައްކާތެރި އައު ވޭރިއެންޓުތައް އުފެދިދާނެކަމުގެ ބިރު

އޮމިކްރޯންއާ އެކު ނުރައްކާތެރި އައު ވޭރިއެންޓުތައް އުފެދިދާނެކަމުގެ ބިރު

ކޮވިޑް-19ގެ އައު ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯންގެ ވޭދަނަތައް އިތުރުވަމުން ދިއުމަކީ މި ބަލީގެ އައު އަދި ނުރައްކާ ވޭރިއަންޓްތަކަކަށް މަގު ތަނަވަސްކޮށްފާނެ ކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

އޭއެފްޕީއަށް މައުލޫމާތު ދެމުން ޑަބްލިއުއެޗްއޯގެ ވިލާތު ގޮފިން ބުނީ ކޮވިޑްގެ ވޭދަނަތައް އިންތިހާއަށް އިތުރުވެގެން ދިއުމަކީ، އޭގެ ސަބަބުން ހިތްދަތި ނަތީޖާތަކަކަށް މަގު ފަހިކޮށްދާނެ ކަމެއް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެމާޖެންސީ އޮފިސާ، ކެތަރީން ސްމޯލްވުޑް ބުނީ އޮމިކްރޯން ފެތުރި ގިނަ ބަޔަކަށް އެބަލި ފޯރާ ނަކަލު ވަމުން ދަނީ ނަމަ، މިވައިރަހުގެ އިތުރު ވޭރިއަންޓްތަކެއް އުފެދުމުގެ ފުރުސަތު ބޮޑުކަމަށެވެ. ޑެލްޓާއާއި އެއް ދަރަޖައިގައި ނުވިޔަސް، އޮމިކްރޯންއަކީ ފުރާނައަށް ގެއްލުންދެނިވި ވޭރިއަންޓެއް ކަމަށް އޭނާ ވަނީ ސިފަ ކޮށްފައެވެ.

Advertisement
Ooredoo — Square (box)

އޮމިކްރޯންއަކީ ކުރީގެ ވޭރިއަންޓްތަކާ އަޅާބަލާއިރު ބަލީގެ މާ ބޮޑު އަލާމާތްތަކެއް ހަށިގަނޑުން ބޭރަށް ނުދައްކާ ވޭރިއަންޓެކެވެ. އަދި މިހައިތަނަށް ހަދައިފައިވާ ދިރާސާތަކުން ދައްކާގޮތުގައި އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑުން ދިފާއުވާން ތަރައްގީކޮށްފައިވާ ވެކްސިންތަކުގެ އައްޑަނަ ފޫ އަޅުވައިލުމުގެ ގާބިލުކަން ލިބިފައިވާ ވޭރިއަންޓެކެވެ.

ސްމޯލްވުޑް ބުނީ މިވަގުތަކީ ނުރައްކާތެރި ވަގުތެއް ކަމަށާއި މި ވަގުތަކީ ހުޅަނގު ޔޫރަޕް ސަރަހައްދުގައި އިންތިހާއަށް ވޭދަނަތައް އިތުރުވަމުން އަންނަ ވަގުތެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއެއް އަދި ސާފު ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް