Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެޗްޕީއޭއިން ނައިޓްމާކެޓު ބާއްވަން ހުއްދަދީފި

އެޗްޕީއޭއިން ނައިޓްމާކެޓު ބާއްވަން ހުއްދަދީފި

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓް މެދު ކަނޑައިލާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންގުމަށް ފަހު، ވަކި ޝަރުތުތަކަކާ އެކު އެ ހުއްދަ ދޭން އެޗްޕީއޭއިން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަދި އެ ހުއްދައިގެ ދަށުން ބޮޑެތި ހަރަދުތަކެއްކޮށް ނައިޓް މާކެޓް ބާއްވަމުން ދަނިކޮށް އެޗްޕީއޭއިން އެކަން ހުއްޓުވަން އަންގައިފައިވާ ކަމަށެވެ.

ނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ކައުންސިލަށް މިހާރު ވަނީ އަންގައިފައެވެ.އެއާ އެކު އެޗްޕީއޭއިން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ބައްޔަށް ފައްސިވާ އަދަދުތައް ދަނީ ގިނަވަމުންނެވެ. އެގޮތުން އެ އަދަދު 200އަށް ވުރެ މަތީގައި އުޅޭތާ މިހާރު ދެ ދުވަސް ވެއްޖެއެވެ. އަދި އިއްޔެ ފައްސިވި މީހުންގެ އަދަދު ވަނީ 300އަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް