ޚަބަރު

އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދާ ބައެއް، ކޮމަންޑޫ ދާއިރާގެ ގޮނޑި 200 ޕަސެންޓް ޔަގީން: ޝިފާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީިން ކާމިޔާބު ކުރާނެ ކަމުގެ 200އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެންޕެއިނަށް ރައީސް ޞާލިޙް މިއަދު ވަނީ އެ ދާއިރާއަށް ދަތުރު ކުރައްވައިފައެވެ. ރައީސް ޞާލިޙަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު މައްޗަށް ވަނީ ޖަމާވެފައެވެ. ކޮމަންޑޫ ދާއިރާގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް މިރޭ އެ ރަށުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

ރައީސް ޞާލިޙް މިއަދު ކޮމަންޑުއަށް ވަޑައިގެންނެވި ވަގުތު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާޒް ވިދާޅުވީ، ކޮމަންޑު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ 200 ޕަސެންޓް ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ބައެއް ކަމަށާއި ދާއިރާގެ ތަރައްޤީއަށް ކޮށްފައިވާ ކަންކަން ދާއިރާގެ މެންބަރުންނަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް 200 ޕަސެންޓް ޔަޤީކަން އެބަ އޮތް މި ގޮނޑި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމުގެ... ށ. ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އެމްޑީޕީ މި އަތޮޅުގައި ދިރުވާ، ރޫހު އާލާ ކުރުމުގައި ނަމޫނާ ދައްކަމުން އައި ދާއިރާއެއް. ޚާއްސަކޮށްގެން ކޮމަންޑޫ" ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީން އެ ދާއިރާއަށް ވާދަ ކުރާ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް ފެށުން މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮމަންޑޫ އެމްޑީޕީ ޖަގަހައިގައެވެ.

  1. އަނާ

    އެއީ ވެބްކެމް ކުރިމަތީގައި “ވައުދު” ފުއްދާ ބައެއް.

  2. އަހުމަދު

    ނުވާނެ ތިކަމެއް. ރީނދޫ އައިނު ނާޅާ މީހުނަށް ފެންނަނީ އިންޑިއާއިން ލާރިކޮޅެއްދީފަ ޤައުމުގެ މައްޗަށް ބާރުފޯރުވާތަން.